ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 18:49
ކަށުނަމާދަށް ފަހު ފުރުގާން މިސްކިތުން ސައިދުގެ މަންމަގެ ހަށިގަނޑު ނެރެނީ
ކަށުނަމާދަށް ފަހު ފުރުގާން މިސްކިތުން ސައިދުގެ މަންމަގެ ހަށިގަނޑު ނެރެނީ
ރާއްޖެ އެމްވީ
މެންބަރު ސައުދު
ސައުދުގެ މަންމަ ޖަނާޒާ ބާއްވާއި ވަޅުލައިފި
ސައުދު މަންމަ ނިޔާވީ ހާޓް ފެއިލްވެގެން ކަމަށް ބުނޭ
ސައުދު މަންމައަށް ގިނަ ދުވަސް ތަކެއް ވަންދެން ދިޔައީ ފަރުވާ ދެމުން
ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ސައުދަށް ވަނީ ދީފަ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެންގެ މަންމަ ނަސީރާ އަހުމަދުގެ ޖަނާޒާ ބާއްވައި ވަޅުލައިފިއެވެ.

ޖަލުގައި ބަންދުކޮށްފައި ހުންނެވި މެމްބަރު ސައުދުގެ ބައިވެރިވުމާއެކު ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ އާދީއްތަ ދުވަހުގެ އަސުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގައެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާއިގައި ހައްޔަރުކޮށްފައިވާ ސައުދު، އޭނާގެ މަންމަގެ ޖަނާޒާއަށް ހާޒިރުކުރުވީ، މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުވުމަށް ފަހު އެވެ. 

ސައުދުގެ މަންމަގެ މޫނު ދެއްކުން އާސަހަރާގައި ކުރިއަށް ގެންގޮސްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް  މެމްބަރުންނާއި ، ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ސައުދުގެ އާއިލާގެ މެމްބަރަކު ބުނީ ސައުދުގެ މަންމަ ނިޔުާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށް އާދީއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ސައުދުގެ މަންމަ ނިޔާވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ހެނދުނު، ހިތް ފެއިލްވެގެންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް