ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 13:42
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ
އިލްކެޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފި
ހަސަން ޒަކަރިއްޔާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ މިހިނގާ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ.މުލައް، މުސްތަރީގެ، ޙަސަން ޒަކަރިއްޔާ އައްޔަންކޮށްފިއެވެ.

ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހޯމަ ދުވަހު ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މ.މުލައް، މުސްތަރީގެ، ޙަސަން ޒަކަރިއްޔާ ޢައްޔަން ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ މިހިނގާ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.

ހަސަން ޒަކަރިއްޔާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ، އެ ކޮމިޝަންގެ ނައިބުރައީސްކަމުގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މިދިޔަ މަހުގެ 13 ގައި ހަމަވުމާ ގުޅިގެންނެވެ. އޭނާ އީސީގައި ދެ ދައުރު މަސައްކަތްކުރައްވާފައި ވާތީ، ގާނޫނު ބުނާ ގޮތުން އިދުރު ދައުރެއް އަދައެއް ނުކުރެވޭނެއެވެ.

- ކޮމެންޓް