ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 23:31
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
ގާނޫނާއި އުސޫލަށް ނުހިފަހައްޓުން
ރައީސް މުއިއްޒަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން: ރައީސް ސާލިހު
 
މިސަރުކާރުން އިގްތިސާދީ ކަންކަން އޮޅުވާލުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރޭ
 
ރައީސް މުއިއްޒު އަމިއްލަފުޅު ޕާޓީގެ މެންބަރުންނާއި ދެކޮޅަށް ދަނީ ޗެލެންޖު ކުރައްވަމުން
 
ޕީޕީއެމް-ޕީއެންސީގެ އާއްމު މެންބަރުން ވެސް މަސައްކަތް ކުރަނީ ސަރުކާރާއި ދެކޮޅަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެެވެ.

އާދިއްތަ ދުވަހުގެ ރޭ ތިމަރަފުށީގައި ބޭއްވި މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވީ މިއީ ދޮގު ހަދާ ސަރުކާރެއް ކަމަށާއި، ވެރިކަމަށް އައީ ވެސް އެގޮތަށް ކަމަށެވެ. އަދި މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ހެދުމަށް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީގެ އާއްމު މެންބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އެމީހުން ވެސް މިހާރު މިސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށާއި، ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ސަރުކާރާއި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ހޮވުމަށް އެމީހުން މަސައްކަތް ކުރާ ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެންބަރުން އިދިކޮޅާއި ގުޅެމުންދާ ކަމަށާއި، މިކަމުން މިސަރުކާރުގެ ވަރަށް ގިނަ މައްސަލަތައް ހުރިކަން ހާމަވާ ކަމަށެވެ. މިމައްސަލަތައް ހައްލުކޮށް ގައުމު ހަމަ މަގަށް އެޅުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކަށް ހަމަތައް ހިފަހައްޓަވާ ބޭފުޅެއް ނޫން ކަމަށެވެ. މަޖިލިސް އިންތިޚާބަށް ވެގެން ޕްރައިމަރީއެއް ބޭއްވި ކަމަށާއި، ނަމަވެސް ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަމިއްލަފުޅު ޕާޓީގެ މެންބަރުންނާއި ދެކޮޅަށް ޗެލެންޖު ކުރައްވާ ކަމަށާއި، މިފަދަ ބޭފުޅަކު އެއްވެސް ގާނޫނޫނަކަށް އަމަލުނުކުރައްވާނެ ކަމަށެވެ.

ބައެއްފަހަރު އިދިކޮޅުގައި ތިބޭ ޕާޓީން ވެރިކަން ކުރާ ޕާޓީއަށް މެންބަރުން ބަދަލުވޭ. އެއާ ހިލާފަށް އަޅުގަނޑުމެންގެ ތެރެއިން ވެސް ގޮސް ތިބެދާނެ. އެއާ ހިލާފަށް ވެރިކަން ކުރަން އޮތް ޕާޓީ ދޫކޮށްފައި މެންބަރުންތަކެއް އައިސް އަޅުގަނޑުމެންނާ އިދިކޮޅު ޕާޓީއާ ގުޅެނީ ހަމަ ގައިމު ވެސް ބޮޑެތި މައްސަލަތަކެއް ވެރިކަމުގެ ތެރޭގައި އޮތީމަ. މިއީ އަޅުގަނޑުމެން މި އިންތިޚާބުގައި ވިސްނަންޖެހޭ ކަމެއް. މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހިފައި އޮތް ކަމެއް. އެހެންވީމަ ކުރިއަށް މިއޮތް ހަ ދުވަސް ދެން އޮތީ. މާދަމާއިން ފެށިގެން. އަދި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އިތުރުކުރަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިސަރުކާރަށް ލިބުމަކީ އަޅުގަނޑު ދަންނަވާނީ އަނެއްކާ ވެސް ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް މިރާއްޖެ ދިއުމަށް ލިބޭ ފުރުސަތެކޭ. މިއަދު ވެރިކަމުގައި ހުންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒަކީ އެޕާޓީގެ އެތެރޭގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން. މިރަށުން އެއޮތީ ސާފުކޮށް ފެންނަން. ޕާޓީ އެތެރޭގައި ޕްރައިމަރީއެއް ބާއްވައިފި. ޕްރައިމަރީން ކެންޑިޑޭޓަކު ހޮވިއްޖެ. ގަބޫލެއް ނުކުރޭ. ތިމަންނަ ބުނާ ގޮތަށޭ ކެންޑިޑޭޓުން ތިބެންޖެހޭނީ. ތިމަންނަ ބުނާ މީހެކޭ ކެންޑިޑޭޓަކަށް ވާންޖެހޭނީ ރައްޔިތުން މަޖިލީހަށް އަންނަންޖެހޭނީ. މިފަދަ ބޭފުޅަކު ކޮން ގާނޫނަކަށްތޯ އަމަލު ކުރައްވާނީ. ކޮން ގާނޫނެއްގެ ހަމަތޯ ހިފަހައްޓާނީ.
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުން އިގްތިސާދީ ކަންކަން އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. މިސަރުކާރުން ހަދާ ދޮގުތަކާއި، ރައްޔިތުން އޮޅުވާލުމަށް ކުރާ މަސައްކަތްތަކަށް ފާރަވެރިވާންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް މިކަންކަން ދަންނަ ބޭފުޅުން އިންތިޚާބު ކުރަންޖެހޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވޭ، ކެރޭ ބަޔަކު ނެރެން ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް