ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 23:27
މާލޭގައި ފެންބޮޑުވުން
މާލޭގައި ފެންބޮޑުވުން
ރާއްޖެ އެމްވީ
މަލޭގެ މަގުތަކުގައި ފެންބޮޑުވުން
މަގުތަކުން ފެން ހިނދި އާންމު ހާލަތަށް އަންނަންދެން، ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފި
 
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް

މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރުއްސުރެ މާލެއަށް ބޯކޮށް ވާރޭވެހުމާއެކު މަގުތަކުގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ވަނީ ވަރަށް ދަތިވެފައެވެ. އަދި އެއާއެކު ބައެއް ގޭގެއަށް ފެންވަދެ ފެން ހިއްކުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން މަގުތަކަށް ކުނި ނުނެރުމަށާއި ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އެދޭކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް