ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 15:21
އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް
އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް
ރޮއިޓާސް
ރެފިއުޖީންގެކޭމްޕަކަށް ހަމަލާދިނުން
ޣައްޒާގެ ރެފިއުޖީން ތިބި ސްކޫލަކަށް ހަމަލާދީ އެތައްބަޔަކު ޝަހީދުކޮށްލައިފި
 
ހަމާސްއިންވަނީ މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "ޔަހޫދީ ގައުލުއާންމު ހަނގުރާމައިގެ އާ ބާބެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.

ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕްގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައްބަޔަކު ބޯހިޔާވަހިކަން ހޯދަމުންދިޔަ ސްކޫލަކަށް އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި އެތައްބަޔަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެފައިވާއިރު، އެއަށްވުރެ ގިނަބަޔަކު އެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ވަނީ ބުނެފައެވެ.

ސިވިލް ޑިފެންސް ޖެނެރަލް ޑައިރެކްޓްރޭޓުން ބުނީ ނުސީރަތު ނިއު ކޭމްޕް އެލިމެންޓަރީ ސްކޫލަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދިން ހަމަލާތަކާ ގުޅިގެން އެތައް ހާސް ކޯލްތަކެއް ސެންޓްރަލް ގަވަރުނަރޭޓްގެ ޓީމުތަކަށް ލިބިފައިވާ ކަމަށެވެ.

އަދި ގެދޮރު ގެއްލިފައިވާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ މި ސްކޫލުގައި ޝަހީދުވެ ޒަހަމްވި ފަލަސްތީނުގެ ރައްޔިތުން ވެސް އެބަތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ.

އެ ގްރޫޕުން ތަފްސީލުކޮށްދިން ގޮތުގައި ޓީމްތަކަށް ސްކޫލަށް ވަދެ ހާލުގައި ޖެހުނު މީހުން ނުނެރެވުނީ ތަނުގެ ނުރައްކަލުގެ ސަބަބުންނެވެ.

މަދަނީ ދިފާއީ ވަކީލުން ވަނީ އދ އާއި ރެޑްކްރޮސްގެ މަސްއޫލިއްޔަތު އަދާކުރުމަށާއި ޝަހީދުންނާއި ޒަހަމްވި މީހުން ވަގުތުން ބޭރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަނެއް ނުސީރަތު ރެފިއުޖީ ކޭމްޕްގައި ވަނީ ހިންގާފައެވެ. އަދި މި އޮޕަރޭޝަނުގައި ގިނަޢަދަދެއްގެ މީހުން ހައްޔަރުވެސް ވަނީކޮށްފައެވެ.

ހުކުރު ދުވަހު ހަމާސް އިން ވަނީ މި އަސްކަރީ އޮޕަރޭޝަން ކުށްވެރިކޮށް، މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް "ޔަހޫދީ ގައުލުއާންމު ހަނގުރާމައިގެ އާ ބާބެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.

ހަމާސް ޖަމާއަތުން ބުނީ އެ ކޭމްޕަށް ހަމަލާދީފައިވާއިރު، ދެ ދުވަސް ވަންދެން އާންމުންގެ މަރުކަޒުތަކަށާއި ގެތަކަށް އަމާޒުކޮށް އަނިޔާވެރި ހަމަލާތަކެއް ދީ، އެތައް ބަޔަކު ޝަހީދުކޮށް، ޒަޚަމްކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް