ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 13:01
މެމްބަރު ސައުދުގެ މަންމަ ނިޔާވުން
މެމްބަރު ސައުދުގެ މަންމަ ނިޔާވުން
ރާއްޖެއެމްވީ
ސައުދުގެ މަންމަ ނިޔާވުން
ސައުދުގެ މަންމަގެ ޖަނާޒާ އަސަރު ނަމާދަށް ފަހު
ސައުދު މަންމަ ނިޔާވީ ހާޓް ފެއިލްވެގެން ކަމަށް ބުނޭ
ސައުދު މަންމައަށް ގިނަ ދުވަސް ތަކެއް ވަންދެން ދިޔައީ ފަރުވާ ދެމުން

ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެންގެ މަންމަގެ ޖަނާޒާ މިއަދު އަސަރު ނަމާދަށް ފަހު އޮންނާނެ ކަމަށް އާއިލާއިން ބުނެފިއެވެ. 

ސައދުގެ މަންމަ ނާސީރާ އަހުމަދު ގެ ޖަނާޒާ އޮންނާނީ އަސުރު ނަމާދަށްފަހު ފުރުގާން މިސްކިތުގައެވެ. 

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން މެމްބަރު ސައުދުގެ އާއިލާގެ މެމްބަރަކު ބުނީ ސައުދުގެ މަންމަ ނިޔުާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.

ސައުދުގެ މަންމަ ނިޔާވެފަައި ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ހެނދުނު، ހާޓް ފެއިލްވުމުގެ ސަބަބުންނެވެ.

ފުލުނުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ މެމްބަރު ސައުގެ މަންމަގެ ޖަނާޒާގައި އެބޭފުޅާއަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް