ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 01:35
ގެއްލިގެން ހޯދަމުންދިޔަ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް
ގެއްލިގެން ހޯދަމުންދިޔަ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް
ޕޮލިސް
ގެއްލިގެން ހޯދަމުންދިޔަ މީހާ
ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
 
ފުލުހުން ބުނެފައިވަނީ ބުދަ ދުވަހުގެ ރޭ 23:10 އެހާކަންހާއިރު އޭނާ މާލެއިން ފެނިފައިވާކަމަށާއި ހާލު ރަނގަޅުކަމަށް

ގެއްލިގެން ހޯދަމުންދިޔަ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުދަ ދުވަހުގެ ރޭ 10 ޖަހަން އުޅެނިކޮށް ފުލުހުން ބުނެފައިވަނީ އުމުރުން 44 އަހަރުގެ ޝަޒިއްޔާ އިބްރާހީމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 08 ވަނަ ދުވަހުގެ 10:55 އެހައިކަށްހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެފަހުން ފުލުހުން ބުނެފައިވަނީ ބުދަ ދުވަހުގެ ރޭ 23:10 އެހާކަންހާއިރު އޭނާ މާލެއިން ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް