ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހުރިހާ ރަތް ރޮނގެއް ހުރަސް ކުރައްވާފައިވާ ކަމަށާ، އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތު ނެތް ކަމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހުރިހާ ރަތް ރޮނގެއް ހުރަސް ކުރައްވާފައިވާ ކަމަށާ، އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތު ނެތްކަމަށެވެ. އަދި މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން، އިދިކޮޅު ފަރާތްތަކާއި، ދިވެހި ރައްޔިތުން ގުޅިގެން އަރައިގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
PY has crossed all the red lines. He can't be party to a Unity Govt. Jt Opposition with people of the Maldives can overcome these challenges
— Mohamed Nasheed (@MohamedNasheed) August 6, 2017
ނަޝީދު މިފަދައިން ވިދާޅުވެފައިވާ ދަނޑިވަޅަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ފުންނާބު އުސް 4 ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅަށް ވާއިރު، ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ރާއްޖޭގައި ގާއިމު ކުރަން ބޭނުންފުޅުވާ ކަމަށް ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އިތުރުން، އިދިކޮޅު ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވަނިކޮށް، ތަޙުޤީޤު ނުނިމޭ، ދަޢުވާ ނުކުރާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންވެސް ވަނީ މީގެކުރިން މި މަޢުލޫއުގައި ވާހަކަ ދައްކަވާފައެވެ.