ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 22:00
ގެއްލިގެން ހޯދަމުންދާ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް
ގެއްލިގެން ހޯދަމުންދާ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް
ޕޮލިސް
މީހަކު ގެއްލިގެން ހޯދަނީ
އާއިލާއަށް ޚަބަރެއް ނުވެގެން މީހަކު ހޯދަނީ
 
އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ބުނޭ

ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44 އަހަރު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 08 ވަނަ ދުވަހުގެ 10:55 އެހައިކަށްހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ޝަޒިއްޔާ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް