ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 16:49
ތ.ވިލުފުށި
ތ.ވިލުފުށި
ޓްވިޓަރ
ގެނބިގެން ކުއްޖަކު މަރުވުން
ވިލުފުށީ ކައިރި އޮތް ފަޅުރަށަކަށް ދަތުރުގޮސް އުޅެނިކޮށް 17 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ
މަރުވީ 17 އަހަރުގެ ދިވެހި އަންހެން ކުއްޖެއް
އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ތ. ވިލުފުށީ ކައިރި އޮތް ފަޅުރަށަކަށް ދަތުރުގޮސް އުޅެނިކޮށް 17 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ 17 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.

ފުލުހުން ބުނީ ވިލުފުށި ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު ކުއްޖަކު ގެނބިގެން ވިލިފުށީ ހޮސްޕިޓަލަށް ގެންދާ ކަމަށް ބުދަ ދުވަހުގެ މެންދުރު 12:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް