ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 18:51
އުމްރާވެރިންތަކެއް- ފައިލް ފޮޓޯ
އުމްރާވެރިންތަކެއް- ފައިލް ފޮޓޯ
އުމްރާއަށް ދިޔަ މީހަކު ނިޔާވުން
އުމުރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ
 
ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް
 
ނިޔާވެފައިވަނީ ގދ. ނަޑެއްލާ، މޫނިމާގެ 74 އަހަރުގެ އައިޝަތު އިބްރާހީމް

އުމުރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގދ. ނަޑެއްލާ، މޫނިމާގެ 74 އަހަރުގެ އައިޝަތު އިބްރާހީމް އެވެ.

ބައެއް މީޑީއާތަކުގައި އާއިލާއާ ހަވާލާދީ ބުނެފައިވަނީ، އައިޝަތު އުމްރާއަށް ގޮސް ވަރަށް ބޮޑަށް ރޯގާ ޖެހުނު ކަމަށާއި، ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްށެވެ. އަދި ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށެވެ.

އެމީހާ ނިޔާވިއިރު ވަނީ ދެ އުމްރާ ފުރިހަމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް