Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 16:17
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ
ޕޮލިސް
އެކްސިޑެންޓާ ގުޅިގެން ޒުވާނެއް ހައްޔަރުކުރުން
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒުވާނެއް ނިޔާވުން: މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި
މިއެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:48 ގައި
ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައި
މިއެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ހުޅުމާލެ ސެންޓަރަލް ޕާކު ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާގެ ވަނަވަރު ހާމަކޮށްފިއެވެ.

މިއެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:48 ގައެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ ހުޅުމާލެ ސެންޓަރަލް ޕާކު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓްވި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވައިލެޓްފެހި، ސ.ހިތަދޫ 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ ކަމަށެވެ.

Advertisement

މިއެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން ސައިކަލުގައި ޖެހުމުންނެވެ. ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. އޭނާގެ މޫނަށާއި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް