ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 12:02
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން: ރައީސް މައުމޫން
ސިޔާސީ މީހުން ފަހަތުން ދުވުން ސަރުކާރުން ހުއްޓާލަން ޖެހޭ
ސަލާމަތީ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓާލަން ޖެހޭ
ރައްޔިތުންނަށް އަމާން ކަމާއެކު އުޅެވޭނެ މާހައުލެއް ސަރުކާރުން ގާއިމް ކޮށްދޭން ޖެހޭ

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ  ސަރުކާރުގެ މުައައްސަސާތައް ހިންގަވަން ތިއްބެވި އިސްވެރިން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

 
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ސިޔާސީ ފަރާތްތައް ފްރޭމްކޮށް ފަހާ ދުވުމުގެ ބަދަލުގައި، މިހާރު ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް ގޮވާލާ ކަމަށެވެ. 


ރައީސް މައުމޫންގެ އޮފީހުން  ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި . މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ ޒިންމާއެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރުމުންދާ ކަމަށް ބުނެފައިވެއެވެ. 
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި 7 މާރާމާރީއެއް ހިނގައި 2 ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި ވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިއި ނެތުމަކީ، ރައްޔިތުންނަށް އަމާންކަން ޤާއިމް ކޮށްދިނުމުގައި މި ސަރުކާރު ނުކުޅެދިފައިވާ     މިންވަރުސާފުކޮށް ސާބިތުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. . 


ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި  ބުނެފައިވާ ގޮތުގައި މީގެ ކުރިން ސިޔާސީ މީހުން ހައްޔަރު ކުރުމުގައި ކަމާއިބެހޭ އިދާރާތަކަށް ]އިންޓެލިޖެންސް ރިޕޯޓް[ ތައް ލިބުނުނަމަވެސް މިފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނުރައްކާތެރި ކަންކަންކަމުގައި އެތަކެއް ބަޔެއް މިދުނިޔެއާ ވަކިވެދާއިރު، ކަމާއިބެހޭ އިދާރާތަކުގެ ]އިންޓެލިޖެންސް ރިޕޯޓް[ ތައް ނުލިބުމުން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަންކަމަށް ނުވާނެ ކަމަށް ބުނެފައިވެއެވެ. 


ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ރައްކާތެރިކަން ޤާއިމްކޮށްދޭން ޙަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އަދި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުން ތަކުގައްޔާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. އެހެން ކަމުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. 


މީގެއިތުރުން ރައީސް މައުމޫންގެ ބަޔާނުގައި ބުނެފައި ވަނީ ސަލާމަތީ ބާރުތައް ނުހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރުމާއި، ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤުތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ ބަދަލުގައި އެ މުއައްސަސާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް މިހާރުން މިހާރަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 އޯގަސްޓް 2017 | އާދީއްތަ 13:07
ހ
އަވަހަށް މަރުގެ ޙުކުމް ތަންފީޛުކުރޭ! ކުރާނަމޭ ކުރާނަމޭ ވިދާޅުވެ ލަސްނުކުރައްވާށެވެ! "މެރުމަކީ ދިރުމެއް" ކަންކުރަން ކެރޭ މީހަކަށްރައީސްކެރޭ މީހަކަށް!