ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 14:58
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މަސްތުވާތަކެތީގެ މައްސަލަ
ތިން ކިލޯ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ބަންދުކޮށްފި
 
އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވޭ
 
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 20 އޭޕްރީލްގައި

ތިން ކިލޯ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ކުށުގެ ތުހުމަތެވެ.

އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 20 އޭޕްރީލްގައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި 3 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާ ޕެކޭޖު ބަލައި ދިޔައީ ބޭބެއަކު ބުނެގެން ކަމަށެވެ.

ނަމަވެސް މައްސަލައިގެ އައިއޯ ވިދާޅުވެފައިވަނީ، މިއީ ރޭވިގެން ހިންގާފައިވާ ކަމެއްކަން މައްސަލައިގެ ހެކިތަކުން އެނގޭ ކަމަށެވެ. އެގޮތުން ޕެކޭޖު ނަގައިދިނުމުގެ މުޤާބިލުގައި އޭނާއަށް ވަގުތުން 10،000 ރުފިޔާ ދޭނެކަމަށް މިކަމުގައި އުޅޭ ފަރާތްތަކުން ބުނެފައިވާކަން މައްސަލައިގެ ޗެޓްލޮގްތަކުން އެނގޭކަމަށްވެސް އައިއޯ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އަމިއްލަ ނަފްސަށް ގެއްލުންދޭން ކުރިންވެސް މޭރީ މަސައްކަތް ކުރިކަމަށް މާވިން ބުނި: ހެކިވެރިޔާ
އެކައުންޓުގައި ހުރި 1 މިލިއަން ޑޮލަރު ހޯދުމަށް ޔާމީނު ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
މިރުޒާގެ ޤާތިލަށް އަދަބެއް ކަނޑަނޭޅި ބަންދުގައި 13 އަހަރު، ދިފާއުން އެދުނީ އަދަބުގެ ދަރަޖަ މަތި ނުކުރުމަށް
އިންޓަނޭޝަނަލް ޓަރމިނަލުން ޤަވާއިދާ ޚިލާފަށް ޑޮމެސްޓިކަށް ގެންދިޔަ ލަގެޖެއްގައި 5 ކިލޯ ޑްރަގް
ނޭޕާލު ފިރިހެނަކު ރަހީނު ކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ބަންދުކޮށްފި
ކްރިމިނަލް ކޯޓު އިމާރަތް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި: ޑީޖޭއޭ
އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އައިސީސީ އަށް ހުށަހެޅުމުން ބައިނަލް އަގްވާމީ މުޖްތަމައުން ތާއީދު ކޮށްފި
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލްގެ ބަންދަށް އިތުރު 15 ދުވަސް