ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 21:16
 "ރައީސްގެ ޖަވާބު" ޕްރޮގްރާމް
"ރައީސްގެ ޖަވާބު" ޕްރޮގްރާމް
ރާއްޖޭގެ ރަށްތަކުން ކަރަންޓު ކެނޑުން
ރާއްޖޭގެ ބައެއް ރަށްތަކުން ކަރަންޓު ކެނޑުން - ރައީސް މުއިއްޒު އަށް ގޯސްވީ ކުރީ ސަރުކާރު
 
ބައެއް ރަށްތަކުގައި ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވަނީ ވިދާޅުވެފަ

ރާއްޖޭގެ ބައެއް ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އާއްމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް އެ މައްސަލަ ދިމާވަނީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ކުންފުނިކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި ފެނަކައިގެ ހާލަތު ވެސް ގޯސްކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަންވެސް އެދެވޭގޮތެއްގައި އޭރު ނުބެހެއްޓޭ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ބައެއް ރަށްތަކުގައި ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ރަށްތަކަށް ޖެންސެޓުތައް ގެންގޮސް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްފައިވާނެ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ފެނަކައިގެ ހާލަތު ރަނގަޅުކުމާއެކީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ކުޅުދުއްފުށި ސިޓީ އަދި އެ ނޫން ބައެއް ރަށް ތަކުގައި ވެސް ކަރަންޓުގެ މައްސަލަ ދިމާވަމުންދާތީ އާއްމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މި ސަރުކާރުން ކަންކަމަށް ޒިންމާ ނެގުމުގެ ބަދަލުގައި ކުރީ ސަރުކާރުގެ ބޮލުގައި ކަންކަމުގެ ޒިންމާ އަޅުވަމުންދާ ކަމަށް ފާހަގަކޮށް ބައެއް އާއްމުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވި ނަމަވެސް ބިލްކޮށްފައިވަނީ ރަނގަޅަށް: ސްޓެލްކޯ/ފެނަކަ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ