ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 20:58
ޕީޕީއެމް، ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަން
ޕީޕީއެމް، ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަން
ޕީޕީއެމް-ޕީއެންސީ ޕެނަލް ޑިސްކަޝަން
އިޚުލާސްތެރިން ނޫންކަމަށް ބުނާތީ އަބްދުއްރަހީމް ކޯފާ އިސްކުރައްވައިފި - " ޔާމީން ޖަލުގައި އޮންނެވިއިރު، ފާތުންއާ ޒޭން ކޮބާތޯ؟"
 
ހުރިހާ ބޭފުޅުންގެ ވާހަކަފުޅުވެސް މައިގަނޑުގޮތެއްގައި ބިނާކުރެއްވީ މިހާރު ކުރީގެ ރައީސް ޔާމީނާއެކު ތިއްބެވި ބޭފުޅުންނަށް ފާޑުވިދާޅުވުމަށް

މިހާރު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ބޭބޭފުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޚުލާސްތެރި ނޫންކަމަށް ބުނާތީ، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުﷲ ކޯފާ އިސްކުރައްވައި، ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދަރިކަލުން ޒޭން އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ހަވީރު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އޭނާ ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އަދިވެސް ކުރީގެ ރައީސް ޔާމީނަށް މީހުންގެ ގޮތް ވަކިކުރަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގައި ތިބި މީހުންނަކީ އެއީ ކުރީގެ ރައީސް ޔާމީނަށް އިޚުލާސްތެރި ބައެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވާތީ އެކަމަށް އޭނާ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެއްވެސް މިންވަރަކަށް އިޚްލާސްތެރި ބައެއް ނޫންކަމަށް ވިދާޅުވެފައެވެ. ކުރީގެ ރައީސް ޔާމީން ޖަލަށް ލުމުން މިހާރު އަރިހުގައި ތިބި ބޭބޭފުޅުން މުޒާހަރާކުރައްވަން ނުކުމެވަޑައިނުގަތީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކީއްވެގެންތޯ ރައީސް ޔާމީނު އެ ހުރިހާ ދުވަހު ޖަލުގައި އޮންނެވިއިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވެސް ވަޑައިނުގަތީ. ޒޭން މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ؟ މީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންތޯ؟
އަބްދުއްރަހީމް

އަބްދުއްރަހީމްގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ އިސް ސަފުގައި މަސައްކަތްކުރާ އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކާފައެވެ. އެ ޕެނަލް ޑިސްކަޝަންގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ޝުޖާއު، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އަދި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގަތެވެ. އެ ހުރިހާ ބޭފުޅުންގެ ވާހަކަވެސް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ މިހާރު ކުރީގެ ރައީސް ޔާމީނާއިއެކު ތިއްބެވި ބޭފުޅުންނަށް ފާޑުވިދާޅުވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް