ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 12:40
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ޓްވިޓަރ
ފިތުރު ޒަކާތް
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފި
 
ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މަގުން
 
އަންގާރަ ދުވަހު ޒަކާތް ބެހުން ކުރިއަށް ދާނީ ހެނދުނު 11އިން ހަވީރު 15:30އަށް
 
ހޯމަ ދުވަހު ޒަކާތް ބެހުން ކުރިއަށް ދާނީ 11އިން ހަވީރު 4އަށް

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި މިރަމަޟާން މަހު މާލެ ސިޓީން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބަހަން ފަށާފައި ވަނީ ހޯމަ ދުވަހުއެވެ. ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުން ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައިކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ. އެކަމާއި ގުޅޭގޮތުން ޒަކާތު ހައުސް އިން ބުނީ ހޯމަ އަދި އަންގާރަ ދުވަހު ގޮވާމުގެ ބާވަތްތަކުން ޒަކާތްބެހުން ކުރިއަށް ދާނެ ކަމަށެވެ. ހޯމަ ދުވަހު ޒަކާތް ބެހުން ކުރިއަށް ދާނީ 11އިން ހަވީރު 4އަށް އަދި ރޭގަނޑު 20:30ން 22:30އަށެވެ. އަންގާރަ ދުވަހު ޒަކާތް ބެހުން ކުރިއަށް ދާނީ ހެނދުނު 11އިން ހަވީރު 15:30އަށެވެ. އެ ރޭގެ ރޭގަނޑު 20:30ން 22:30އަށް ވެސް ޒަކާތް ބެހުން ކުރިއށް ދާނެއެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހާނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. އެ ފަރާތްތަކަށް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 9 ވަނަ ދުވަހާ ހަމައަށްއެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައެވެ. އެގޮތުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 13:00 އިން 16:00 އަށް ގޮވާމުން ޒަކާތް ދެއްކޭނެއެވެ. ހަމައެހެންމެ 9 އޭޕްރީލް ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:00 އިން 18:00 އަށްވެސް ޒަކާތް ބަލައިގަންނާނެއެވެ.

ޒަކާތު ހައުސްއިން ބުނެފައި ވަނީ ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ. ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ތައިލެންޑް ހަނޑޫ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށް، އަދި އާޓާ ފުށުންނެވެ. ގޮވާމުން ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މަގުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް