ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 13:34
އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މޫސާ އަލީ މަނިކު (މޫކޭ)
އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މޫސާ އަލީ މަނިކު (މޫކޭ)
ދަރަނި ދެއްކުން
ސަރުކާރެއް ނިމޭއިރު ހުރިހާ ދަރަންޏެއް ދައްކާފައި އޮންނަންޖެހޭކަމަށް ޤަބޫލުކުރާ ސަރުކާރެއް މި ފެންނަނީ އަލަށް: މޫކޭ
 
ސަރުކާރުން ކަމެއް ނުކޮށްދިނުމުގެ ބަހަނާއަކަށް މިއަދު ދަަރަނީގެ ވާހަކަ ވެއްޖެ
 
ފާއިތުވި ހުރިހާ ސަރުކާރެއްގައިވެސް އޭގެ ކުރީ ސަރުކާރުތަކުގެ ދަރަނި ވާރުތަ ވެފައިވޭ

ސަރުކާރެއް ނިމިގެންދާއިރު ދައުލަތުގެ ހުރިހާ ދަރަންޏެއް ދައްކާފައި އޮންނަންޖެހޭނެކަމަށް އަލަށް ހަވާލުވާ ސަރުކާރަކުން ޤަބޫލުކޮށްގެން އުޅޭ މަންޒަރު މި ފެންނަނީ އަލަށްކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ސަރުކާރެއް ނިމިގެންދާއިރު ދައުލަތުގެ ހުރިހާ ދަރަންޏެއް ދައްކާފައި އޮންނަންޖެހޭނެކަމަށް އަލަށް ހަވާލުވާ ސަރުކާރަކުން ޤަބޫލުކޮށްގެން އުޅޭ މަންޒަރު މި ފެންނަނީ އަލަށް ކަމަށެވެ. ފާއިތުވި ހުރިހާ ސަރުކާރެއްގައިވެސް އޭގެ ކުރީ ސަރުކާރުތަކުގެ ދަރަނި ވާރުތަވެފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ސަރުކާރުން ކަމެއް ނުކޮށްދިނުމުގެ ބަހަނާއަކަށް މިއަދު ދަަރަނީގެ ވާހަކަ ވެފައިވާ ކަމަށެވެ.

އަޅުގަނޑު ނުދެކެން މި ނޫނިއްޔާ އައި ސަރުކާރަކުން ނިމިގެން ދިޔަ ސަރުކާރުން ހުރިހާ ދަރަންޏެއް ދައްކާފައި ދާންޖެހޭކަމަށް ޤަބޫލު ކުރި ސަރުކާރެއް
މޫސާ އަލީ މަނިކު (މޫކޭ)

މޫސަ ވިދާޅުވީ، މިދިޔަ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް މިއަދު ހުރީ ހުއްޓާލާފައި ކަމަށެވެ. ސަރުކާރުން އައު ކަމަކަށް ފެށީ ރަސްމާލޭ މަޝްރޫއުގެ މަސައްކަތް ކަމަށާއި، އެ މަޝްރޫއުވެސް މިހާރު ކުރިއަށް ނުދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައިއިރު މަޝްރޫޢުތައް ހުރީ ހުއްޓިފައިކަމަށެވެ. އަދި މި ސަރުކާރު އައިސް ފެށި މަޝްރޫޢުތައް އަދަދުތަކުން ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ވާހަކަފުޅުތަކަށް ރައްދުދެއްވާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އާރުޑީސީގެ 26 މަޝްރޫޢު ހިނގާ ކަމަށް ވިދާޅުވިނަމަވެސް، އެމްޑީޕީގެ ވެރިކަން ނިމުނުއިރު އާރުޑީސީން ހިންގަމުންދިޔަ މަޝްރޫޢުތައް އެއަށްވުރެ ގިނަކަމަށެވެ. އަދި މިސަރުކާރުން އާރުޑީސީއަށް އައު މަޝްރޫޢެއް ހަވާލުނުކުރާކަމަށާއި އެކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ހައްދަވަނީ ދޮގުކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގައި ހިންގަމުންދިޔަ މަޝްރޫޢުތައް އެކި ސަބަބުތަކާހެދި މަޑުޖެހުނު ނަމަވެސް، އެއްވެސް މަޝްރޫޢެއް ހުއްޓާލާފައިނުވާނެކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ