ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 09:14
ގިރާވަރު ފަޅު
ގިރާވަރު ފަޅު
ރާއްޖެއެމްވީ
ބިންވެރިޔާ ސްކީމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
 
ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި
 
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތިތައް ބަދަލުނުކުރައްވާނެކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، އެއްވެސް މީހަކަށް ލިބުނު ގޯއްޗެއް އަދި އެއްވެސް މީހަކަށް ދީފައި އޮތް ވަޒީފާއެއް އެއީ ސިޔާސީ ވަޒީފާއަކަށް ނުވާހާ ހިނދަކު އަތުނުލައްވާނެ ކަމަށެވެ. އަދި ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ވެސް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ހުވާކުރެއްވުމަށްފަހު އޭގެ 3 ދުވަސް ފަހުން ސަރުކާރުގެ ރާގު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން ޕްލޭނެއް ނެތްކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައި ހުރި ގޯތިތައް ބަދަލުވެދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތްކަމަށްވާތީ މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:

1250  އަކަފޫޓުގެ 193 ގޯތި

1650  އަކަފޫޓުގެ 663 ގޯތި

2050  އަކަފޫޓުގެ 487 ގޯތި

2450  އަކަފޫޓުގެ 4  ގޯތި

ހައުސިންގ މިނިސްޓްރީން ބުނީ ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މިއަދަދަށްވުރެ ގުޅިފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމާއި، މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެކަމަށް ބުނެފައިވެއެވެ. އަދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެ މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެ ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް
7 އޭޕްރިލް 2024 | އާދީއްތަ 09:37
ހަސަން11
އަޅުގަޑަކީ ގިރާވަރުފަޅުން ގޯތިލިބުން މީހޭއް ، އެކަން ބޭނުން ބަޔަކަށް އެފުރުސަތު ދީފައި އެއޮތީ، މިއީ ގިރާވަރުފަޅުގައި ޕާކުތަކާއި ، ހޮސްޕިޓަލް އަދި ސުކޫލު އެޅުމަށް ކޮންމެ ހެން މުހިއްމު ނިންމުމެއް ، މިކަން ސިޔާސީ ނުކުރައްވާ