ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 19:21
ގިރާވަރު ފަޅުން ހިއްކާފައިވާ ސަރަހައްދެއް
ގިރާވަރު ފަޅުން ހިއްކާފައިވާ ސަރަހައްދެއް
އަމްނާ އިމާދު
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމައިފި
 
ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލުތައް ހިއްސާކޮށްފައިވޭ
 
ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭކަމަށް މިނިސްޓްރީން ބުނޭ

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށަނާޅައި ކަމަށެވެ.

އަދި މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅަށްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ، ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ 1250 އަކަފޫޓުގެ 193 ގޯތި، 1650 އަކަފޫޓުގެ 663 ގޯތި، 2050 އަކަފޫޓުގެ 487 ގޯތި އަދި 2450 އަކަފޫޓުގެ 4 ގޯއްޗެވެ.

މިނިސްޓްރީން ވަނީ ގިރާވަރުފަޅުން، މިދެންނެވި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް 2024ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00ން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00ގެ ނިޔަލަށްޕޯޓަލް(ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަދި އެ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށާއި، މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް މިނިސްޓްރީން އާންމުކޮށް އިޢުލާންކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެ މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި ވަނީ އާންމުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އީމެއިލް[email protected] މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި