ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 12:26
މެޗުގައި ލަނޑު ޖެހުމަށްފަހު ލަޕޯޓް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލަޕޯޓް އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ފަހު ވަގުތު އަލް ނަސްރު މޮޅުކޮށްދިނީ ލަޕޯޓް
 
މޮޅާއެކު އަލް ނަސްރު އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި

ސައުދީ ޕްރޯ ލީގުގައި ޑަމަކާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އަލް ނަސްރު މޮޅުވެއްޖެ އެވެ.

ހުކުރު ދުވަަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗުގެ ކުރިން ސައުދީ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އަލް ނަސްރުން ވަނީ މޮޅަށް ކުޅެ، ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ.

ޑަމަކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ވަނީ އޭނާ އަށް ފުރުސަތު ދީފަ އެވެ. މި މެޗުގައި ވެސް ރޮނާލްޑޯ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ވެސް ލިބިފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް ނަސްރު މޮޅުކޮށްދިނީ އައިމެރިކް ލަޕޯޓް އެވެ.

މޮޅާއެކު އަލް ނަސްރު އޮތީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 27 މެޗުން 65 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އަލް ޙިލާލަށް ލިބެނީ 77 ޕޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި 12 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް