ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 08:34
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ޕޮލިސް
ކުޑަކުއްޖަކަށް އަނިޔާކުރުން
މިސްކިތު ފާހާނާއެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ކުޑަކުއްޖާއަށް އަނިޔާކުރީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން
އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން
މި މައްސަލަ ސީރިއަަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޑަ ކުއްޖަކަށް ބިރުދައްކައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިންނެވެ.

ކުޑަކުއްޖަކަށް މިސްކިތެއްގެ ފާހާނައިގައި އެހެން ދެ ކުއްޖަކު ވެގެން އަނިޔާކޮށް ބިރު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯގައި "ވޯންޓެޑްއޭ ކިޔާފައި ވާހަކަ ނުދައްކާ" ފަދަ އިބާރާތުން އިންޒާރުދީ އެ ކުއްޖާގެ ގައިގައި ޖަހާ ތަޅާ އަނިޔާކުރާތަން ފެނެއެވެ. އަދި ކަކޫމައްޗަށް ތިރިވެ މައާފަށް އެދެން ބުނެ އިންޒާރުދެއެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ދަންނަވާފައި ވެއެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން މިކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ.ރަސްދޫ ގައި ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

- ކޮމެންޓް