ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 04:03
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޓެން ހާގް ބުނަނީ، ޔުނައިޓެޑަށް ލިވަޕޫލް ބަލިކުރެވޭނެ ކަމަށް
 
ޓެން ހާގް ބުނީ، ޔުނައިޓެޑުން ހުއްޓާލުމެއް ނެތި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ޔުނައިޓެޑަށް މޮޅުވެވޭނެ ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނުކުންނައިރު، އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެދުން ޔުނައިޓެޑު ބަލިވެފައި އޮތުމުން ކޯޗު ޓެން ހާގަށް ވަނީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.

ޓެން ހާގް ބުނީ، ޔުނައިޓެޑުން ހުއްޓާލުމެއް ނެތި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަަށެވެ. އަދި ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދާނީ އެ މަންޒަރު ކަަމަށާއި، ޓީމެއްގެ ގޮތުގައި ޔުނައިޓެޑު ފުރިހަމަ ވަނީ އެ ބައިވެރިންނާއެކު ކަމަަށް ވެސް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ އާދީއްތަ ދުވަހުގެ ރޭ ކުޅެން ޖެހޭ މެޗަށް، ޔުނައިޓެޑުން ތައްޔާރުވާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ. ހަމައެހެންމެ ޔުނައިޓެޑަށް ވާދަކުރެވޭނެ ކަމަށާއި، މިވަގުތު ޕްރިމިއާ ލީގުގެ އެންމެ މޮޅު ޓީމު ބަލި ކުރެވޭނެ ފެންބަރު ވެސް ޔުނައިޓެޑުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

މި ދެ ޓީމު ބައްދަލު ކުރާއިރު، ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 48 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބެނީ 57 ޕޮއިންޓެވެ. އެއް ވަނައިގައި 70 ޕޮއިންޓާއެކު އޮތީ ލިވަޕޫލް އެވެ. ޔުނައިޓެޑުގެ އެންމެ ބޮޑު އަމާޒަކީ، ލީގު ތާވަލްގެ ގަދަ ހަތަރަކުން ޖާގަ ހޯދައި، އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް