Advertisement
ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 01:15
އަލިފާން ނިއްވުމަށް ބޭނުންކުރާ އެމްއެންޑީއެފްގެ ވެހިކަލެއް
އަލިފާން ނިއްވުމަށް ބޭނުންކުރާ އެމްއެންޑީއެފްގެ ވެހިކަލެއް
މުހައްމަދު ޝަރުހާން
އަލިފާނުގެ ހާދިސާ
ހުޅުމާލޭގައި ހުރި ގުދަނަކާއި ލޭބާ ކްއާޓާޒެއްގައި ރޯވެ، 21 މީހުން ހޮސްޕިޓަލްގައި
އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައި
އަލިފާން ރޯވީ 12:18 ހާއިރު
ރޯވި ސަބަބެއް ނޭނގޭ

ހުޅުމާލޭގައި ހުރި އަމީން ކޮންސްޓަރަކްޝަންގެ ގުދަނަކާއި ލޭބާ ކްއާޓާޒް އިމާރާތުގައި އަލިފާން ރޯވެ، ޒަހަމްވެގެންނާއި ދުމުގެ އަސަރުކުކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 21 އަށް އަރައިފި އެވެ.

 

ހޮނިހިރު ދުވަހުގެ ރޭ 12:18 ހާއިރު ހިނގި މި ހާދިސާގައި އެކަކު ވަރަށް ބޮޑަށް ފިހިފައިވާއިރު، އިތުރު ފަރުވާ ދިނުމަށް ޓަކައި ނުވަ މީހަކު މާލެ ގެނެސްފައިވެއެވެ. އެ އެންމެވެސް މާލެ ގެނެވިފައިވަނީ ސީ އެމްބިއުލެންސްތަކުގައެވެ. އެހެން މީހުންނަށް ފަރުވާ ދެމުންދަނީ އާސަންދަ ކުންފުނިން ހިންގާ ހުޅުމާލޭ ހޮސްޕިޓަލްގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

 

އާސަންދައިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާގައި ޒަހަމްވެގެންނާއި ދުމުގެ އަސަރުކޮށްގެން މިހާތަނަށް ހޮސްޕިޓަލަށް ގެންދިޔަ 21 މީހުންނަކީ ބިދޭސީންނެވެ. އޭގެތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންނެވެ. އާސަންދައިން ހިންގާ ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރ އާޝިޔާ ސޯލިހު ވިދާޅުވީ، އަނިޔާވެގެން ގެނެވުނު ހުރިހާ މީހުންނަށްވެސް ހޮސްޕިޓަލުގެ ދެ ފަންގިފިލާއެއްގައި ފަރުވާދެވުނުކަމަށެވެ. އޭގެތެރެއިން އެކަކު ވަރަށް ބޮޑަށް ފހިފައިވާއިރު، އިތުރު މީހަކަށްވެސް ސީރިއަސް ޒަހަމްތަކެއްވެފައިވާކަމަށެވެ.

 

 

އެމްއެންޑީއެފުން ބުނި ގޮތުގައި ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި މި ގުދަނާއި ލޭބާ ކްއާޓާޒްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވަނީ އަލިފާން ރޯވިތާ ގާތްގަނޑަކަށް ގަޑިއިރަށް ވުރެ ގިނައިރު ފަހުންނެވެ. އެއީ ދަންވަރު 1:30 ހާއިރު އެވެ. ތިން ބުރިއަށް ހުންނަ މި އިމާރާތުގެ ތިރީގައި ގުދަން ހުންނައިރު، މުވައްޒަފުން ނިދަން ބޭނުން ކުރަނީ މަތީ ބުރި އެވެ. އަލިފާން ރޯވީ އެންމެ މަތީ ބުރީގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

 

އެމްއެންޑީއެފްއިން ބުނީ، ތިރީބައި ގުދަނެއްގެ ގޮތުގައި އަދި މަތީ ފަންގިފިލާތައް މީހުން ދިރިއުޅޭގޮތަށް އިމާރާތްކޮށްފައިވާ މިތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންނަނީ ތަހުޤީގު ކުރަމުން ކަމަށެވެ.

 

 

އަމީން ކޮންސްޓަރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި އަލިފާން ރޯވި އިމާރާތުގައި ގުދަން ހުންނަނީ އިމާރާތުގެ އެންމެ ތިރީ ބުރީގަ އެވެ. ފުރަތަމަ ފަންގި ފިލަ އާއި ދެ ވަނަ ފަންގިފިލާ އަކީ ލޭބާ ކްއާޓާޒެވެ. ގުދަނުގައި ގިނަ އަދަދަކަށް އެލްމިނިއަމް އާއި ބިއްލޫރި ހުންނާނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
6 އޯގަސްޓް 2017 | އާދީއްތަ 02:37
ހޭބަލިވޭ
ތީ އަލިފާނުގެ ހާދިސާއަކީއާކަމެށްނޫން މާޒީގައިވެސް ބޭނުންކުރާސިޔާސީ އުކުޅެއް