ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 13:51
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން
ހޯމް މިނިސްޓްރީ
119 ކިލޯ ޑްރަގް މައްސަލަ
ވަޒީރުގެ އެންގެވުމަށް، ކޯޓުތަކުން ސާބިތުނުވާކަމަށް ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކެއްގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކުރަނީ
 
119 ކިލޯ ޑްރަގް މައްސަލައިގައި ދައުވާ ކުރި ފަރާތްތަކުގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ވަނީ ދޫވެފައި
 
މިފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހޯމް މިނިސްޓަރު ވަނީ އަންގަވާފައި

ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކާއި ގުޅިގެންވެސް އެ މައްސަލައެއްގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކުރަމުން ގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން އެހެން ބުނީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މިފަދަ ކޭސްތައް ރިވިއުކޮށް، ތަހުގީގުގެ މައުލޫމާތު ހާމަ ކުރެއްވުމަށް ހޯމް މިނިސްޓަރުވެސް ދާދި ފަހުން ދަންނަވާފައިވާ ކަމަށެވެ.

އެގޮތުގެ މަތިން ފުލުހުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ ތަހުގީގުގެ މަރުޙަލާގައި ހޯދާފައިވާމައުލޫމާތުފޮޓޯއާއެކު، ހިއްސާކޮށްފައެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުންނާ ކުށާ ގުޅުވާލެވޭ އަމަލުތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ އަދި މަސްތުވާތަކެތި އެތެރެކޮށްފައިވާ ގޮތާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މަންޒަރުތަކާއެކު ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރި ފަރާތްތަކުގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ދޫވެފައިވާތީ ދާދި ފަހުން ހޯމް މިނިސްޓަރ އަލީ އިހުސާންވެސް ވަނީ މި މައްސަލަތަކުގެ ތަހުގީގުގެ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ފުލުހުން އާންމު ކުރަމުންދާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މިފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް