ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 21:48
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
 
އެޕްރީލް 2024 ން ފެށިގެން މި ދައުރުގެ ބާކީ އޮތް މުއްދަތަށް މުސާރަ ނުދިނުމަށް ވަނީ އެދިވަޑައިގެންފަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އިން ބައެއް އުނިކޮށްދެއްވުމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސްކުރައްވާ ނަޝީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރެއްވުމަށް ގާނާގައި ކަމަށެވެ.

އަދި މިއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތު ނަގާ ކަން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން، އެ މަސައްކަތާއި ވެސް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ އެތައްކަމެއް ކުރެވި މާޗް މަހުގެ މެދުތެރޭގައި ގާނާގެ ޕާލަމެންޓުން ވަނީ ސީވީއެފް ސެކްރެޓޭރިއަޓް އާއި ބެހޭ ގަރާރު ފާސްކޮށްފައިވާކަމަށްވިދާޅުވެ، މާތްﷲ ގެ ވާގިފުޅާއެކު އެންމެހާ ކަންކަން އަވަހަށް ހަމަޖެހިގެންދާނެ ކަމުގެ އުންމީދު ފާޅު ކުރައްވާފައިވެއެވެ.

އެހެންކަމުން އެޕްރީލް 2024 ން ފެށިގެން މި ދައުރުގެ ބާކީ އޮތް މުއްދަތަށް އެމަނިކުފާނަށް ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ސިޓީގައި ވަނީ އެދިވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
ސަލަމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އެންމެ ހަރަދު ކުޑަގޮތަކީ ވެސް 5 އަހަރުގެ މުއްދަތަށް ޕާސްޕޯޓް އޮތުން - އިމިގްރޭޭޝަން
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ހަބީބާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން
ނޮޅިވަރަމް ދާއިރާގެ އިންތިހާބީ ކެންޑިޑޭޓު ވެސް ޕީއެންސީއަށް
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟