ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 05:17
ބާސެލޯނާ އަށް ކުޅެމުން އަންނަ މާކޮސް އަލޮންސޯ
ބާސެލޯނާ އަށް ކުޅެމުން އަންނަ މާކޮސް އަލޮންސޯ
ރޮއިޓާސް
ބާސެލޯނާ
ސީޒަން ނިމުމުން، އަލޮންސޯ ބާސެލޯނާ ދޫކޮށްލަނީ
 
ބާސެލޯނާ ދޫކޮށްލަން ނިންމި ނަމަވެސް، މިހާތަނަށް އަލޮންސޯ ބަދަލުވާނެ ވަކި ކުލަބެއް އޭނާ ނުނިންމާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު މާކޮސް އަލޮންސޯ، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ޗެލްސީގައި ހުރުމަށްފަހު ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ބާސެލޯނާ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވެސް މި ސީޒަންގެ ނިޔަލަށެވެ. އެހެންކަމުން، އެއްބަސްވުން އައު ނުކޮށް، ހިލޭ ޓްރާންސްފާއެއްގައި އޭނާ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ބާސެލޯނާ ދޫކޮށްލަން އަލޮންސޯ ނިންމީ، ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. އަލޮންސޯގެ ނިންމުމަށް ބާސެލޯނާ އިން ވެސް އިޙުތިރާމް ކުރަން ބޭނުންވާ ކަމަށާއި، ޖޫން މަހު އޭނާ ކުލަބު ދޫކޮށްލަން ބާސެލޯނާ އިން ވެސް ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބާސެލޯނާ އާއެކު ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި އަލޮންސޯ ވަނީ އެ ކުލަބަށް 44 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާގައި އަލޮންސޯ އަކީ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.

ބާސެލޯނާ ދޫކޮށްލަން ނިންމި ނަމަވެސް، މިހާތަނަށް އަލޮންސޯ ބަދަލުވާނެ ވަކި ކުލަބެއް އޭނާ ނުނިންމާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް