Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 18:44
މަޖިލީހުގެ މެމްބަރުން ކަމަށްވާ އިބްރާހީމްދީދީ އާއި ހުސައިން އަރީފް: ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ --
މަޖިލީހުގެ މެމްބަރުން ކަމަށްވާ އިބްރާހީމްދީދީ އާއި ހުސައިން އަރީފް: ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ --
މުހައްމަދު ފަޒީން
މަޖިލީހުގެ މެމްބަރުން
މެމްބަރު އިބްރާހިމްދީދީ އާއި އަރީފް ފުލުހުންނަށް ބަޔާން ދެއްވައިފި
އިތުރު ދުވަހަކަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައެއް ނުވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިދިޔަ  ޖުލައި މަހުގެ 24 ވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ފުލުހުން ކުރަމުންދާ ތުހުމަތުތަކަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާރ ޖެނެރަލް (ރިޓަޔާރޑް) އިބްރާހީމް މުހައްމަދުދީދީ އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ފުލުހުންނަށް ބަޔާން ދެއްވައިފި އެވެ.

ހޮނިހިރު ދުވަހުގެ 14:00 އަށް ފުލުހުސް އޮފީހަށް ހާޒިރު ވުމަށް އެންގެވުމާއި ގުޅިގެން އިބްރާހީމްދީދީ ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން ހިންގަމުންދާ ތަހުގީގަށް ބަޔާން ދީ ނިންމާލައްވައިފި ކަމަށެވެ.  އަދި އިތުރު ދުވަހަކަށް ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް އަންގާފައިނުވާ ކަމަށްވެސް އިބްރާހީމްދީދީ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ މި ސަރުކާރުން މަސައްކަތް ކުރައްވަނީ މިއޮތް ގިނަ ދުވަހު، އެތައް ޒަމާނެއް ވަންދެން ބަޔަކު ޓްރެއިންކޮށް، ޕްރޮފެޝަނަލް މުއައްސަސާތަކަކަށް ހަދާފައިވާ ސިފައިންގެ މުއައްސަސާ އާއި ފުލުހުންގެ މުއައްސަސާ، ހަލާކު ކޮށްލުމަށް،" އިބްރާހީމްދީދީ ވިދާޅުވި އެވެ.    

ހަވީރު 16:00 އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވުމަށް ހުސައިން އަރީފް ވެސް ވިދާޅުވީ ފުލުންނަށް ބަޔާން ދެއްވާފައިވާ ކަމަށެވެ. އަދި އިތުރު ދުވަހަކަށް ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް އަންގާފައި ނުވާކަމަށް  ވެސް ހުސައިން އަރީފް ވިދާޅުވި އެވެ.

"ކުރީގެ ޖަލްސާގައި ރައީސް މިވަނީ އަމިއްލަފުޅު އިއުތިރާފުން ސިކުނޑިފުޅު ހަމަނުޖެހޭ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާފަ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެމައްޒަރު މާކުރިންވެސް ފެނޭ،" ހުސައިން އަރީފް ވިދާޅުވި އެވެ.

ހުސައިން އަރީފްގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ މިހާރަކަށް އައިސް މާލޭގައި އެތައް މާރާމާރީތަކެއް ހިންގާ ޒުވާނުންތަކެއް ޒަހަމްކޮށް މަރަމުންދާއިރު، ފުލުހުުންގެ މުޅި މުއައްސަސާއަށް މިއޮތީ ސިޔާސީ ބޭފުޅުން ފަހާ ދުވުން ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއުޅުއްވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވަރަށް އޮގަނައިޒްކޮށް، ކޮން ކުށެއް ކޮންގެންބާވައޭ. އެއީ މެމްބަރުންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަނީ އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން. މެމްބަރުންގެ މައްޗަށް އޮގަނައިޒްޑް ކްރައިމް ހިންގާކަމުގެ ތުހުމަތު މިކުރަނީ. ރާއްޖޭގައި ވަރަށް ބޮޑެތި ކުށްތައް، ޖަރީމާތައް އެބަހިންގާ ވަރަށް ފާޅުގައި. އެކަންކަން ހުއްޓުވުމަށް ފުލުހުންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ. މިކަންކަމާ ހެދި ރާއްޖޭގެ މުއައްސަސާތަކުގެ ތަސައްވުރު މިވަނީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ހުތުރު ވެފައި،" ހަސީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް