Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 18:37
 މޫދަށް ވެއްޓުނު ކުޑަކުއްޖާ ސަލާމްތްކުރީ އެމްއެމްއޭގެ އާދަމް ހުޝާމް
މޫދަށް ވެއްޓުނު ކުޑަކުއްޖާ ސަލާމްތްކުރީ އެމްއެމްއޭގެ އާދަމް ހުޝާމް
ފޭސްބުކް
ކުއްޖަކު މޫދަށްވެއްޓުން
އެމްއެމްއޭގެ ހިތްވަރު ގަދަ ޒުވާނަކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ސަލާމަތް ކޮށްފި!
އެ ކުއްޖާ މޫދަށް ވެއްޓުނީ ފައި ކައްސާލއިގެން
ހުޝާމް އައީ އެމްއެމްއޭގެ ޑިއުޓީއަށް

 

އެމްއެމްއޭ ސަރަހައްދާ ދިމާ މޫދަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުއައްޒިފަކު މޫދަށް ފުންމާލައިގެން އެކުއްޖާ ސަލާމަތްކޮށްފިއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށަކުން އައި ލޯންޗަަކުން ފައިބައިގެން ތިބި އާއިލާގެ މީހުންނާއި އެކު އުމުރުން 13 ވަރަކަށް އަހަރުގެ އެ ކުއްޖާވެސް ޓެކްސީއެއް އަންނަންދެން އެތަނުގައި ހުއްޓެވެ..

މަންޒަރު ދުއް މީހުން ބުނީ އެކުއްޖާ މޫދަށް ވެއްޓުނީ ފައި ކައްސާލައިގެން ކަމަށެވެ. މި މަންޒަރު ފެނުމުން އެވަގުތު، 2.55 ހާއިރު އެމްއެމްއޭގެ ޑިއުޓީއަށް އައި އާދަމް ހުޝާމް އޮފީހަށް އައި ކިޓްގައި ފޯނާއި ޓޯކީ ބިންމަތީގައި ބޭއްވުމަށްފަހު މޫދަށް ފުންމާލިއެވެ.

 

އެމްއެމްއޭގެ ޒުވާން ސެކިއުރިޓީ އޮފިސަރު ހުޝާމްގެ މި ހިތްވަރުގަދަ އަމަލު އެ ސަރަހައްދުގައި ތިބި އެންމެން ހައިރާން ކޮށްލިއެވެ. ތެމި ފޯވެފައިހުރެ އޭނާ މޫދުން އަރައިގެން އެމްއޭއަށް ވަންނަން ދަނިކޮށް ވަރަށް ގިނަ ބަޔަކު ވަނީ އޭނާގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައެވެ. އަދި އެވަގުތުން ފެށިގެން އޭނާއަށް އެތައް ބައެއްގެ ތައުރީފު އޮހިގެން ދިޔައެވެ.

Your browser doesn't support video.
Please download the file: video/mp4 video/webm

ހުޝާމް ރާއްޖެއެމްވީ އާއި ވާހަކަ ދައްކަމުން ބުނީ، އެ ހިސާބަށް ދެވުނީ 9 ވަރަކަށް އަހަރުގެ ކުޑަ ކުއްޖަކަށް ގޮތެއްވާން ފެށުމުން މީހުންތައް އެދިމާލަށް ދާން ފެށުމުންނެވެ. މޫދަށް ފުންމާލާ އެކުއްޖާ ސަލާމަތް ކުރުމުގެ ކުރިން ހިނގި މިކަން ތަކުގައި ވެސް ހުޝާމްގެ އޯގާތެރިކަން ހާމަވެއެވެ

 

ހުޝާމް އައީ 3.00 ގައި ފެށޭ އޭނާގެ ޑިއުޓީއަށެވެ. އަދި ބެގީ ކޮށްގެން ފްލްކިޓްގައި ހުރެގެން ނަމަވެސް މޫދަށް ފުއްމާލުމަކަށް އޭނާ ކުޑަކޮށް ވެސް ފަހަތަކަށް ނުޖެހުނެވެ. ކުއްޖާ ސަލާމަތް  ކުރުން އޭނާއަށް މާ މުހިއްމެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް