Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 17:43
ލ. ކައްދޫ އެއާޕޯޓް
ލ. ކައްދޫ އެއާޕޯޓް
ފޭސްބުކް
ބިރުވެރިކަން އުފެއްދުން
ބޮމެއް އޮތް ކަމަށް ބުނި މީހަކު ކައްދޫ އެއާޕޯޓުން ހައްޔަރުކޮށްފި
ހައްޔަރުކުރީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި
ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައި
ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުތައް ހުރި މީހެއް

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ލ. ކައްދޫ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރުކުރީ ފުރަން ގޮސް ބޯޑިންގައި ހުރެ ބޮމެއް އެބައޮތް ކަމަށް ބުނުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފަ އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ހައްޔަރުކުރީ ބިރުވެރިކަން އުފެދޭ ގޮތަށް އޭނާގެ އަމަލުތައް ހުރުމުގެ ސަބަބުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް