ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 12:11
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު، ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު، ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އިންޑިއާ ފަތުރުވެރިން
އިންޑިއާއިން އަންނަ ފަތުރުވެރިން މަދުވުމުގެ އިގުތިސާދީ ގެއްލުން މުޅި ގައުމަށް އެބަ ކުރޭ: ރައީސް ސާލިހު
 
އަހަރުގެ ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި އެ އަދަދު 33،000ށް ދަށްވެފައިވާކަން ރައީސް ސާލިޙު ފާހަގަ ކުރެއްވި
 
މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ގާތްގަނޑަކަށް 53،000 ޓޫރިސްޓުން ރާއްޖެ އައި

އިންޑިއާއިން އަންނަ ފަތުރުވެރިން މަދުވުމުގެ އިގުތިސާދީ ގެއްލުން މުޅި ގައުމަށް ކުރަމުންދާކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގަލޮޅުގެ ދެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ގާތްގަނޑަކަށް 53،000 ޓޫރިސްޓުން ރާއްޖެ އައި ކަމަށެވެ.

އެހެންނަމަވެސް، މިއަހަރުގެ ވޭތުވެ ދިޔަ 3 މަސް ދުވަހުގެ ތެރޭގައި އެ އަދަދު 33،000ށް ދަށްވެފައިވާކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ.

އަދި އެކަމުގެ އަސަރު ރާއްޖޭގެ މުޅި އިޤްތިސާދަށްވެސް ކުރަމުންދާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ފާއިތުވެގެން ދިޔަ 3 މަސް ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުންވެސް 58 މިލިއަން ޑޮލަރަށް އަރާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިގުތިސާދީ ގެއްލުން އަޅުގަނޑުމެންގެ މުޅި ގައުމަށް އެބަ ކުރޭ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ސާލިހު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައިވާ ދާއިރާތަކުން ލިބުނު ގެއްލުން ބަލާއިރު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

އޭގެ އިތުރުން، މި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތެއް އަދި ތަސައްވުރެއް ނެތްކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އަދި މިއީ ހައްތަހާވެސް ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަންކަންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި