ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 14:57
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޓެން ހާގްގެ ފޯކަސް އޮތީ ޔުނައިޓެޑަށް، ބޭކާރު ވާކަތަކަކަށް ނޫން!
 
ޓެން ހާގް ބުނީ، އެ ވާހަކަތަށް އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށާއި، އެ ވާހަކަތަކަށް އަޅާލުމެއް ނެތް ކަމަށް

އޭނާގެ ފޯކަސް އޮތީ ޔުނައިޓެޑުގައި ކުރަމުން އަންނަ މަސައްކަތަށް ކަމަށާއި، އެހެނިހެން ވާހަކަތަކަށް ފޯކަސްއެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުނައިޓެޑުން އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން އަންނަ ސީޒަނަށް ޔުނައިޓެޑުން އައު ކޯޗެއް ހޯދާނެ ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ޓެން ހާގް ބުނީ، އެ ވާހަކަތަށް އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށާއި، އެ ވާހަކަތަކަށް އަޅާލުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ފޯކަސް އޮތީ ޔުނައިޓެޑުގައި ކުރަމުން އަންނަ މަސައްކަތަށް ކަމަށާއި، ބޭނުން ވަނީ ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުން އެ ޓީމުން ދެއްކުން ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

އިތުރަށް އޭނާ ބުނީ އަބަދު ވެސް ޔުނައިޓެޑުގެ ތެރޭގައި ވާހަކަތައް ދެކެވެމުން އަންނާނެ ކަމަށާއި، އަޑު ގަދަވާ ފަހަރުތައް ވެސް ދާނެ ކަމަށެވެ. އެގޮތުން ޓީމާއި، ކޯޗު އަދި ކުޅުންތެރިންގެ މެދުގައި ވެސް އެފަދަ ކަންތައްތައް ހިނގާނެ ކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ އަބަދު ވެސް ކޮންމެވެސް މައްސަލައެއް ފެންމަތިވާނެ ކަމަށާއި، ބޭނުން ވާނީ ޙައްލު ހޯދުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިވަގުތު ޔުނައިޓެޑު އޮތީ ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެ ޓީމުން މަސައްކަތް ކުރަމުން އަންނަނީ ލީގު ތާވަލްގެ ގަދަ ހަތަރަކަށް ވަނުމަށެވެ. ޔުނައިޓެޑުގެ ނަތީޖާ ދަށްވާތީ ޓެން ހާގަށް އަބަދު ވެސް ޕްރެޝަރު ބޮޑުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް