Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 12:25
އަބްދުލްހަމީދު ޒަކަރިއްޔާ--
އަބްދުލްހަމީދު ޒަކަރިއްޔާ--
މުހައްމަދު ފަޒީން
ރައްޔިތުންެގެ މަޖިލިސް
މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރަންޖެހޭ: ހަސަން ލަތީފް
އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައާ ގުޅޭ ގޮތުން ބަޔާން ނެރުއްވި
އަމީން އާންމުގެ ޒިންމާ އަބްދުލްހަމީދު ޒަކަރިއްޔާއާ ހަވާލު ކުރައްވާފައިވާކަން އެނގޭކަށް ނެތް

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބު އަދި މަޖިލީހުގެ އިދާރާގެ ފޮރިން ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ހުންނެވި އަބްދުލްހަމީދު ޒަކަރިއްޔާގެ މައްޗަށް ގާނޫނުލްއުބާތުގެ ދަށުންގެ ޝަހްސު އޮޅުވާލުވުމުގެ ކުށުގެ ދައުވާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި އެގޮތަށް އެވިދާޅު ވަނީ މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރައީސްގެ މަގާމުގެ ހައިސިއްޔަތުން މަޖިލީހުގައި އަދާކުރައްވާ މަސްއޫލިއްޔަތުތަކުން ބަރީއަވާން މަޖިލީހުގެ ރައީސަށް ޖެހިވަޑައިގަންނަވާ ވަގުތުތަކުގައި މަޖިލީހުގެ އިދާރާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ މަޖިލީހުގެ އަމީން އާންމު ކަމަށްވާތީ އެވެ. އަދި އަމީން އާންމު މަޖިލީހުގެ އިދާރާއަށް ވަޑައިގެން ޒިންމާއަދާކުރައްވާއިރު، އޭގެ ބަދަލުގައި އަމީން އާންމުގެ ނައިބު، އަމީން އާންމަށް ނޭނގި ބައެއް ސިޓީތަކާއި ބަޔާންތައް ނެރެފައިވާތީ އެވެ.

 

އެގޮތުން މަޖިލީހުގެރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 45 މެމްބަރުންގެ ސޮޔާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ނޭނގި، މަޖިލީހުގެ އިދާރާއިން ގިނަ ބަޔާންތަކެއް ނެރުމާއި މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ ސަލާމަތީ ކަންކަންމާ ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ހިނގާފަ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމުގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އަމަލުކޮށްފައި ވަނީ އަބްދުލްހަމީދު ޒަކަރިއްޔާ އަންގުމުން ކަމަށާއި އަދި ފުލުހުން މަޖިލީހުގެ އިދާރާއަށް ވަނުމުގެ ހުއްދަ ދިން ފަރާތަކީ ވެސް އޭނާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި ސޮއި ކުރައްވާފައިވާ 45 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލް ކަމަށްނިންމާ މަޖިލީހުގެ އިދާރާއިން އެމައްސަލަ ބޭރުކޮށްލާފައި ވެސް ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީހުގެ މެމްބަރުން މަޖިލިހުގެ އިދާރާއަށް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވަދެވަޑައިގަތް މައްސަލައާ ގުޅޭ ގޮތުން ބަޔާން ނެރުއްވީ އަބްދުލްހަމީދު ޒަކަރިއްޔާ ކަމަށް އެ މެމްބަރުން ވިދާޅުވެއެވެ. އަދި މެމްބަރުން ނޫން ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް މަޖިލިހަށް ވަދެވަޑައިގެންނެވި މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ފުލުހުންނަށް ސިޓީ ވެސް ފޮނުއްވީ ވެސް އަބްދުލްހަމީދު ޒަކަރިއްޔާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވިދާޅުވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ކުރައްވާ އެތުހުމަތުތައް މިހާތަނަށް އަބްދުލްހަމީދު ޒަކަރިއްޔާ ދޮގު ކުރައްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް