Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 12:17
އައިޖީއެމްއެޗު ދޮރުމަތީގައި ގިނަ ބަޔަކު މަޑުކޮށްގެން
އައިޖީއެމްއެޗު ދޮރުމަތީގައި ގިނަ ބަޔަކު މަޑުކޮށްގެން
މުހައްމަދު ޝަރުހާން
ޒުވާނަކު ޒަަހަމްވުން
ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލައިފި
ޒަހަމްވެފައިވަނީ 29 އަހަރުގެ ޒުވާނެއް
ޒަހަމްވީ ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓިގެން

ބިއްލޫރިމޭޒެއްގެ މައްޗަށް ވެއްޓި ޒަހަމްވި ޒުވާނާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް އަހުމަދު މައުސޫމު ވިދާޅުވީ ޒަހަމްވި ޒުވާނާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ޒަހަމްވީ އެމީހާގެ ބުރަކައްޓަށް ކަމަށާއި އޭނާއަށް ލިބިފައިވަނީ މައިނަރ އިންޖަރީތަކެއް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. ޒަހަމްވި ޒުވާނާ އެޑްމިޓް ނުކުރާ ކަމަށާއި އެއިޖީއެމްއެޗުގެ އިމަރޖެންސީގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

ޒަހަމްވި ޒުުވާާނާ ހޮސްޕިޓަލަށް ގެންގޮސްސްފައި ވަނީ ހުކުރު ދުވަހުގެ 11:15 ހާއިރު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އޭނާ އައިޖީއެމްއެޗަށް ފުރަތަމަ ގެންދެވުނު ތަނުން މާރާމާރީއެއް ކަމަށް އަޑު ފެތުރު ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

 ފުލުހުން ބުނީ، މާރާމާރީއެއް ނުހިނގާ ކަމަށާއި އައިޖީއެމްއެޗަށް ގެންދެވުނީ، އަނިޔާވި މީހާ ދިރިއުޅޭ ގޭގައި ހުރި ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓި ޒަހަމްވުމުގެ ސަބަބުން ކަަމަށެވެ. ނަމަވެސް އެ ހާދިސާގެ ތަފްސީލެއް ފުލުހުން ނުދެއެވެ. 

ޒަހަމްވެގެން އައިޖީއެމްއެޗަށް ގެންދެވުނީ 29 އަހަރުގެ ޒުވާނެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް