Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 11:26
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިރާގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިރާގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވަނީ
ރައީސް އޮފީސް
މީރާ
މީރާ އަށް ދައްކަން ޖެހޭ ޖޫރިމަނާއާ ފީ ދެއްކޭ ގޮތަށް "މީރާގެ މޯބައިލް އެޕް" ތަޢާރަފް ކޮށްފި
އެޕްލިކޭޝަން މެދުވެރިކޮށް މީރާއިން ދޭ ގިނަ ޚިދުމަތްތަކުގެ މައުލޫމާތު ލިބޭނެ
މީރާ އެޕް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ، ސައިކަލުތަކުގެ އަހަރީ ފީ ދައްކާލެވޭނެ

 

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ޖޫރިމަނާއާ ފީ ދެއްކޭ ގޮތަށް "މީރާގެ މޯބައިލް އެޕްލިކޭޝަން" ތަޢާރަފް ކޮށްފިއެވެ.

މީރާގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުއެވެ،

ރާއްޖޭގެ ޓެކްސް އިދާރާ، މީރާ އިން ތައާރަފުކުރި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސްގެ ގިނަ މައުލޫމާތުތައް ހޯދުމާއި ބައެއް ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.

އޮންލައިން ޕްލެޓްފޯމަކުން ފީ އާއި ޖޫރިމަނާ ދެއްކޭ އިރު، މީރާގެ ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ޓޯކަން ވެސް ނެގޭނެ އެވެ. އަދި ޓޯކަން ކިއުވެސް ބަލާލެވޭނެ އެވެ.

މީރާ އެޕް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ، ސައިކަލުތަކުގެ އަހަރީ ފީ ދައްކާލެވޭނެ އެވެ.

 މީގެއިތުރުން މީރާއިން ވަނީ އެ އޮތޯރިޓީއަކީ ޑިޖިޓަލްކޮށް ހިދުމަތް ދޭ އޮފީހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. ޑިޖިޓަލް ކުރުމާއެކު މީރާ އިން ބޭނުންކުރާ ހުރިހާ ލިޔެކިއުންތަކެއް ޑިޖިޓަލްކޮށް ރައްކާ ކުރެވިގެންދާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް