ކ. މާލެ
|
25 މާރޗް 2024 | ހޯމަ 13:17
ރާއްޖެ އާއި ޖަޕާނާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުން
ރާއްޖެ އާއި ޖަޕާނާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުން
ފޮރިން މިނިސްޓްރީ
ރާއްޖެ ޖަޕާނު ގުޅުން
ރާއްޖެއާއި ޖަޕާނު ސަރުކާރާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފި
ފޮރިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރު

ދިވެހިރާއްޖެއާއި ޖަޕާނު ސަރުކާރާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެޗީ މިޑޯރީއެވެ.

Advertisement

ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ކަސްޓަމްސް ޕެޓްރޯލް ކްރާފްޓް ފޯރުކޮށްދިނުމާއި، މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީގެ ޤާބިލްކަން އިތުރުކުރުމުގެ ޕްރޮޖެކްޓް ހިންގުމަށް 260 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

މީގެ އިތުރުން، "ނޭޝަނަލް ރެސްޕޮންސް ކެޕޭސިޓީ ޓު ހައި ފްރިކުއެންޓް ނެޗުރަލް ހަޒާޑްސް" އަށް ބޭނުންވާ ސާމާނު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް، ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށް 600 މިލިއަން ޖަޕަނީސް ޔެން ދިނުމާއި ގުޅޭ އެއްބަސްވުމަކާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޕެޓްރޯލް ކުރާ އުޅަނދުފަހަރަށް ބޭނުންވާ އިކުއިޕްމަންޓް ޕްރޮވިޝަން ކުރުމަށް 56 މިލިއަން ޖަޕަނީސް ޔެން ދިނުމާއި ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް