2022 ވަނަ އަހަރު ފޮރިން މިނިސްޓްރީން ހަރަދުތައްކޮށްފައިވަނީ މަޖިލިހުން އެ މިނިސްޓްރީއަށް ބަޖެޓް ފާސްކޮށްދިން ގޮތަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ 2022 ވަނ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އޮޑިޓް އޮފީހުން ދެކޭގޮތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 31 ޑިސެމްބަރު 2022 ގައި ނިމުނު މާލީ އަހަރުގެ "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" އާއި " ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރުވުނު ގޮތުގެ ބަޔާން" އަކީ މައިގަނޑު ގޮތެއްގައި ފޮރިން މިނިސްޓްރީގެ 31 ޑިސެމްބަރ 2022 އަށް ނިމޭ މާލީ އަހަރު މިނިސްޓްރީއަށް ލިބުނު ފައިސާއާއި އެ ފައިސާއިން ކުރެވުނު ހަރަދާއި، މާލީ އަހަރުގެ ނިޔަލަށް ބާކީހުރި ފައިސާ އަދި އެ އަހަރަށް ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނުގޮތް، ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ދައްކުވައިދޭ "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑް (އިޕްސަސް): ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިިސް އޮފް އެކައުންޓިންގ" އާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ މާލީ ބަޔާންތަކެއް ކަމަށެވެ.
2022 ވަނަ އަހަރުގެ މާލީ ބަޔާނާއި ގުޅޭގޮތުން ދެކޭގޮތުގެ ގޮތުގައި ދެކަމެއް އޮޓިޑް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެއީ މައިގަނޑު ގޮތެއްގައި މިނިސްޓްރީ އޮފް ފޮރިން އެފެއަޒުން 31 ޑިސެމްބަރު 2022 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައްކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީއިން ފާސްކޮށްދެއްވި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް، އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
ދެވަނަ ކަމަށް ފާހަކޮށްފައިވަނީ މިނިސްތްރީ އޮފް ފޮރިން އެފެއަރޒްގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި، ހިންގައި ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިޔައްތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.
2022 ވަނަ އަހަރު ފޮރިން މިނިސްޓަރުކަމުގައި ހުންނެވީ އަބްދުﷲ ޝާހިދުއެވެ.