Advertisement
ކ. މާލެ
|
24 މާރޗް 2024 | އާދީއްތަ 05:15
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް، ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހް، ޖަލްސާ އެއްގައި ވާހަކަ ދައްކަވަނީ
އެމްޑީޕީ
މާލެ ސިޓީ ކައުންސިލުގެ މަސައްކަތް
މާލެ ސިޓީ ކައުންސިލުގެ ޒިންމާ އަދާކުރަނީ އަދިކިރިޔާ، ކުރިން އުޅުނީ ވެރިކަން ކުރަން - ރައީސް ޞާލިހު
އެމަނިކުފާނު ވަނީ މާލެ އަށް ހެޔޮ ގޮތްތައް ބޭނުން ނަމަ އެމްޑީޕީގެ ކެނޑިޑޭޓުން ހޮވުމަށް އެދިވަޑައިގަންނަވާފަ
މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވޭނީ އެމްޑީޕީގެ މެޖޯރިޓީ އެއް މަޖިލީހުގައި އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި
ސިޓީ ކައުންސިލްގައި ހުންނެވި ބޭފުޅާ އުޅުއްވީ ވެރިކަން ކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވި

މާލެ ސިޓީ ކައުންސިލުގެ ޒިންމާ އަދާކުރަނީ އަދިކިރިޔާ ކަމަށާއި ކުރިން އެ ކައުންސިލުން ވެސް އުޅުނީ ވެރިކަން ކުރަން ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މަޖިލީސް އިންތިޚާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ މާލޭގައި ބޭއްވި ތަރާވީހުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މާލޭގައި ހުރި މައްސަލަތަކާއި ހައްލު ބޭނުންވެފައި ހުރި ބައެއް ކަންކަމަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދާދިނުން ކަމަށް ކުރީގެ ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މާލެއަކީ ސާފު ތަނަކަށް ހަދާދިނުމާއި މަގުމައްޗަކީ އަމާންތަނަކަށް ހެދުމަކީ އެއީ މާލެ އަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ ޕާކިންގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ބޭނުންވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

އެ ފަދަ ހުރިހާ ކަމަކަށް ހަގީގީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ފަށާފައި ވަނީ މިހާރުގެ މޭޔަރ އާދަމް އާޒިމް މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކަަމަށާއި އޭގެ ކުރިން ސިޓީ ކައުންސިލްގައި ހުންނެވި ބޭފުޅާ އުޅުއްވީ ވެރިކަން ކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ރައީސް ޞާލިހު އެފަދައިން ވިދާޅުވީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އިޝާރާތްކުރައްވައެވެ.

ސިޓީ ކައުންސިލެއްގެ މަަސައްކަތް މިއަދު ކުރެވޭތަން އެ ފެންނަނީ. މީގެ ކުރިން ހަވާލުވެގެން ތިއްބެވި ބޭފުޅުން ވެރިކަމެއް ކުރަން އުޅުނީ. ގައުމުގައި އޮތް ވެރިކަމަށް ވުރެ މާ ބޮޑު ވެރިކަމެއް. ސިޓީގެ މޭޔަރ ހުންނަވައިގެން ކުރައްވަން އުޅުއްވީ. އެހެންވީމަ ސީދާ ރައްޔިތުންނަށް ކޮށްދޭންވާ ކަންތައްތައް ނުކުރެވި ހުއްޓިފައި ހުރީ. އާދަނަށް އެބަ ބޭނުންވޭ އެހީތެރިކަން. މާލޭގެ ސިޓީ މޭޔަރަށް ޤާނޫނީ ރައްކާތެރިކަން ބޭނުންވޭ. އެކަން ނުކުރެވޭނެ މިއަދުގެ ސަރުކާރާށް މަޖިލީހުގެ މެޖޯރިޓީ އޮވެގެންނެއް
ކުރީގެ ރައީސް ޞާލިހު

އެމަނިކުފާނު ވަނީ މާލެ އަށް ހެޔޮ ގޮތްތައް ބޭނުން ނަމަ އެމްޑީޕީގެ ކެނޑިޑޭޓުން ހޮވުމަށް އެދިވަޑައިގަންނަވާފައެވެ. މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރެވޭނީ އެމްޑީޕީގެ މެޖޯރިޓީ އެއް މަޖިލީހުގައި އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް