Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 04:53
މާފުށީ ޖަލު: ފުލުހަކަށް ހަމަލާ ދީފައިވަނީ ފަތާފައި ޖަލަށް ވަންނަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި
މާފުށީ ޖަލު: ފުލުހަކަށް ހަމަލާ ދީފައިވަނީ ފަތާފައި ޖަލަށް ވަންނަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި
ގޫގުލް
ފުލުހަކަށް ހަމަލާ ދިނުން
ޖަލުގައި ހިންގި އޮޕްރޭޝަނެއްގައި ބައިވެރިވި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ޒަޚަމްވި ފުލުސް މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން
މާފުށީ ޖަލާއި، ޖުމްލަ ގޮތެއްގައި މުޅި މާފުށިގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައި
ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައި

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން ބުނީ، މާލެއިން މާފުއްޓަށް ދިޔަ ލޯންޗަކުން، މާފުށި ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ހުކުރު ދުވަހުގެރޭ މާފުށި ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ލޯންޗުން މޫދަށް ފުންމާލައިގެން، މާފުށްޓައް އަރަން އުޅުނު މީހަކު ހިފަހައްޓަން އުޅުނު ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

މި ހަމަލާ އާއި ގުޅިގެން ޒަޚަމްވި ފުލުސް މީހާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއިއެކު މާލެއަށް ގެނެސް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާދެމުންނެވެ. މި ހަމަލާގައި ފުލުސް މީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްޞީލް ފުލުހުންވެސް، އަދި އައިޖީއެމްއެޗުން ވެސް އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ ޒަޚަމްވި މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ. 

ޒަޚަމްވި ފުލުސް މީހާ އައިޖީއެމްއެޗްއަށް ގެންދިޔަ ވަގުތު އެތަނުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ބުނީ ހަމަލާ ދީފައިވަނީ ފުލުސް މީހާގެ ވައަތު ކޮނޑުގެ ތިރިން، މޭމައްޗަށް ވާގޮތަށް ކަމަށެވެ.

ފުލުހުން ބުނީ މާފުށި ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު މައްސަލައާއި، ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި 4 މީހަކާއި، މާފުށި ޖަލަށް އެއްޗެހިތަކެއް ވެއްދުމަށް ބޭނުންކުރި ލޯންޗު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މާފުށިން ވާހަކަދެއްކި އެރަށު ރައްޔިތަކު ބުނީ، މި ހާދިސާ އާއި ގުޅިގެން، މާފުށީ ޖަލުގެ އިތުރުން މުޅި މާފުށިގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް