ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 23:07
މާރާމާރީ
މާރާމާރީ
އެމްވީކްރައިސިސް
ގްރޫޕް މާރާމާރީ އެއް ހިންގުން
ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުން ދޭން އުޅުނު ކަމަށް ބުނެ ގުރޫޕް މަރާމާރީއެއް
 
ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާއާ ބަޔަކު މާރާމާރީ ހިންގުމަށް ފަހު ފިލާފައިވާ ކަމަށް ފުލުހުން ބުނޭ

މާލޭގައި ހުރި ކާބޯތަކެތި ތައްޔާރުކޮށްދޭ ޓޭކްއަވޭ އައުޓްލެޓަކަށް މީހަކު ގެއްލުން ދޭން އުޅުނު ކަމަށް ބުނެ ބަޔަކު މާރާމާރީއެއް ހިންގައިފިއެވެ.

 ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުގައި ރޯޝަނީ މަގުގައި ހުރި އެ އައުޓްލެޓަށް މީހަކު ގެއްލުން ދޭން އުޅޭ ކަމުގެ މައުލޫމާތު ވަނީ ހޮނިހިރު ދުވަހުގެ ރޭ 19:00ހާއިރު ލިބިފައެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާއާ ބަޔަކު މާރާމާރީ ހިންގުމަށް ފަހު ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޓޭކްއަވޭ ތަނަށް ގެއްލުން ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާއާއި މާރާމާރީ ހިންގުމަށް ފަހު ފިލި އެކަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މީހަކު މަގު މައްޗަށް ވައްޓައިލައި، ބަޔަކު ގުރޫޕު ހަދައިގެން އޭނާއަށް ހަމަލާ ދޭ މަންޒަރު ފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން