Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 02:24
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު: މެންބަރުން ވިދާޅުވަނީ މަސީހަށް މިހާރު އިތުބާރު ނެތް ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު: މެންބަރުން ވިދާޅުވަނީ މަސީހަށް މިހާރު އިތުބާރު ނެތް ކަމަށް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ރައީސްގެ މޭޒުކޮޅު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހަނީ!؟
މިފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވީ މެންބަރު މަޚްލޫފް
މަޚްލޫފް ވިދާޅުވީ މިއީ މަޤާމުގެ ދަހިވެތިކަމުގައި ހައްދުން ނެއްޓުން ކަމަށް
މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ގިނަ މެންބަރުން ދަނީ ވިދާޅުވަމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، މަޖިލީހުގެ ތަޅުމުގައި އިންނަވާ މޭޒުކޮޅު ވަށައިގެން ބިއްލޫރި "ކޮށްޓެއް" ޖެހުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން މަޖިލީހަށް ލަފާދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮލު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

 

ހުކުރު ދުވަހުގެރޭ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޑީއެފުން މިފަދައިން ލަފާދީފައިވާ ކަމަށާއި، މިއީ މަޤާމުގެ ދަހިވެތިކަމުގައި ހައްދުން ނެއްޓުން ކަމަށެވެ.

 

 

މަޚްލޫފް މިފަދައިން ވިދާޅުވި ނަމަވެސް، އެމްއެންޑީއެފްގެ ފަރާތުންވެސް، އަދި ރައްޔިތުންގެ މަޖިލީހުންވެސް މިކަމާއި ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

 

މަޖިލީހުގެ ރައީސް އިންނަވާ މޭޒުކޮޅު ވަށައިގެން ކޮށްޓެއް ޖެހުމަށް އެމްއެންޑީއެފުން ލަފާދީފައިވާކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވިއިރު، މަޖިލީހުގެ ރައީސްކަމުގައި މިހާރު ހުންނެވި ޢަބްދުﷲ މަސީޙުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ގިނަ މެންބަރުންތަކެއްގެ ތާޢީދާއިއެކު އެކި ފަހަރުމަތިން ވަނީ މަޖިލިހަށް ހުށަހަޅާފައެވެ. އަދި އޭގެއިން ކޮންމެ ފަހަރަކުވެސް ސަރުކާރާއި، މުއައްސަސާތަކުގެ އެހީގައި އެގި ގޮތްގޮތުން އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

އެންމެ ފަހުން މަޖިލިސް ރައީސްގެ އިތުބާރުގެ މައްސަލަ ތާވަލް ކުރެވިފައި އޮތް ދުވަހަށް ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ނިންމައި، އެ މައްސަލަވެސް މަޖިލީހުން ބޭރުވެފައިވާ ކަމަށް މެންބަރުންނަށް އޮތީ އަންގާފައެވެ. އަދި އެ ޖަލްސާ ތާވަލް ކުރެވިފައި އޮތް ދުވަހު މަޖިލިސް ބަންދުކޮށް، މެންބަރުން މަޖިލީހަށް ވަނަނުދީ ސިފައިންނާއި ފުލުހުން ވަނީ މަޖިލީހުގެ މެންބަރުންނަށް ހުރަސްއަޅާފައެވެ.

އަދި އެއަށްފަހު، ޖުލައި 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނުފަށަނީސް، މަޖިލިސްކުރާ މާލަމް ތެރެއަށް ގިނަ އަދަދެއްގެ ސިފައިން ވަދެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް