ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 11:10
ހުކުރު ދުވަހު ތިނަދޫގައި ބޭއްވި މުޒާހަރާއަށް ފަހު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން
ހުކުރު ދުވަހު ތިނަދޫގައި ބޭއްވި މުޒާހަރާއަށް ފަހު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން
މުހައްމަދު ޝަރުހާން
ގދ ތިނަދޫ
ސަރުކާރަށް މިހާރު ހުވަދޫ އޮތްގޮތް އެނގޭނެ، ދާދި އަވަހަށް އެއްތާކުން ރައްޔިތުން ފެންނާނެ:ނާޒިމް
ހުވަދޫ އަތޮޅު ފަހަތަކަށް ނުޖެއްސޭނެ
މާލެއަރަންވެސް ޖެހިދާނެ
މެންބަރުންނަށް އަނިޔާ ނުކޮށް ދޫކޮށްްލާ

ރައީސް ޔާމީނާއި ސަރުކާރަށް މިހާރު ހުވަދު އަތޮޅުގެ ރައްޔިތުން ތިބިގޮތް އެނގޭނެ ކަމަށާއި ދާދި އަވަހަށް އެކަން އެއްތާކުން ދައްކާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ސަރުކާރާ ދެކޮޅަށް ގދ ތިނަދޫގައި ކުރި މުޒާހަރާގައި ނާޒިމް މިހެން ވިދާޅުވެފައި  މިވަނީ ހުވަދު އަތޮޅު ބަނދަރުތައް  ސަރުކާރަށް އަމާން ނޫން ކަމަށް ރައީސް ޔާމީން އިންނަވާ ޕީޕީއެމްގެ ވައިބަރ ގުރޫޕެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.

ހުކުރު ދުވަހު ގއ ވިލިނގިއްޔާ ގދ ގައްދޫ އަދި ގއ ކޮލަމާފުށީގައިވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު ތިނަދޫގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް އެމުޒާހަރާގައި ނާޒިމް ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ ހުވަދޫ އަތޮޅުގެ ދަރިން ތަކެއް ކަމަށްވާ މެންބަރުން ތަކެއް ކަމަށެވެ. އެގޮތުން މެންބަރު އަމީތާއި މެންބަރު މުހައްމަދު ވަހީދާއި މެންބަރު ސައުދު ހުސައިންގެ އިތުރުން މެންބަރު ފާރިސް މައުމޫން މިހާރުން މިހާރަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

އަދި މިހާރު ހުވަދޫ އޮތީ ރައީސް ޔާމީނާ އެކުގައި ނޫން ކަމަށާއި ރައީސް ޔާމީން، ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފަށް ކުރައްވަމުން ގެންދަވާ ކަންކަން ނުހުއްޓައިފިނަމަ އެމަނިކުފާނު އަޒުލު ކުރުމަށް ވެސް ހުވަދޫ ނުކުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކަންކަން އިސްލާހު ކުރުމުގައި ހުވަދު އަތޮޅުގެ ހިއްސާއަކީ ބޮޑު ހިއްސާއެއް ކަމަށާއި ހުވަދު އަތޮޅުން ކަމެއްގައި ނިކުމެއްޖެ ނަމަ ފަހަތަށް ނުޖެއްސޭނެކަން މީގެ ކުރީގައިވެސް އޮންނާނީ ހާމަވެފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރުމާއި ޖުޑިޝަރީއަށް  ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެކަން ހުއްޓަވާލައްވާ ނުހައްޤުން ކުރަމުންދާ އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި އެކަންކަމުގެ ދިފާއުގައި ދާދި އަވަހަށް މުޅި ހުވަދޫ އަތޮޅު އެއްކޮށް އެއްތަނަކަށް އެއްވާނެ ކަމަށާއި މާލެއަށް ވެސް ދާން ޖެހިދާނެ ކަމަށް ތިނަދޫ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތުގެ ގޮތުގައި ހިމެނޭ ނާޒިމް ވިދާޅުވެފައެވެ.

ނާޒިމްގެ އިތުރުން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެހެން ބޭފުޅުން ވެސް ވަނީ މިމެސެޖް މިގޮތަށް ސަރުކާރަށް ދެއްވާފައެވެ.

މިމމުޒާހަރާގައި ރައީސް ޔާމީނާއި ސަރުކާރަށް ކުރިން ތާއީދުކުރި ޕީޕީއެމްގެ ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވިއެވެ.

- ކޮމެންޓް