ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 11:31
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި
ސްޓެލްކޯ
ޓްރާންސްފޯމަރުތަކުން ވައްކަން ކުރުން
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
 
މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދިނުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް
 
ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނު
 
ސަބްސްޓޭޝަންތަކުގެ ތަޅުތައް ވަނީ ހަލާކުކޮށްލާފައި

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެކަން މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ޓްރާންސްފޯމަރުތަކަށް ގެއްލުންދީ، ވައްކަން ކުރުމުގެ ސަބަބުން ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ހަވީރު އަދި ރޭގަނޑު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވި ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދިނުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ފަހުމީ ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، ހިޔާ ޓަވަރު ސަރަހައްދުން ވެސް ކަރަންޓު ކެނޑުނެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ހިޔާ ފުލެޓުގެ ލިފުޓުތަކުގައި ބައެއް މީހުން ގިނަ އިރުތަކެއް ވަންދެން ތާށިވިކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް