Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 03:54
ގދ ތިނަދޫގައި ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން
ގދ ތިނަދޫގައި ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
ގދ ތިނަދޫ
ހުވަދު އަތޮޅު ރައީސް ޔާމީނާ ދެކޮޅަށް ތެދުވެ ބޮޑު މުޒާހަރާއެއް ކޮށްފި
މުޒާހަރާގައި ޕީޕީއެމްގެ އިސްމީހުން ބައިވެރިވި
މުޒާހަރާއަށް ފުލުހުން ހުރަސްއަޅާފައެއް ނުވޭ
މުޒާހަރާ ނިންމާލީ މުޅި ހުވަދު އަތޮޅުން އެއްތަނެއްގައި މުޒާހަރާ ކުރާނެ ކަމަށް ބުނަމުން

ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލައި، ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ހުވަދު އަތޮޅުގެ ބައެެއް ރަށްރަށުގައި ބޮޑު މުޒާހަރާއެއް ކޮށްފި އެވެ. 

މުޒާހަރާތައް ބޭއްވި ރަށްތަކަކީ ގދ. ތިނަދޫ އާއި ގައްދު އާއި، ގއ. ވިލިނގިލި އަދި ކޮލަމާފުއްޓެވެ. 

މި މުޒާހަރާތަކުގެ ބޯޑުތަކުގައި ފާޅުކޮށްފައިވާ ޝުއޫރު ތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދޫކޮށާއި ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށާއި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތްކަމަށާއި މަޖިލީހާއި ޖުޑީޝަރީ ހިސޯރުކޮށްފައިވާ ކަމަށް ބުނެ އެތަންތަން މިނިވަން ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.  ރައީސް ޔާމީން އިސްތިއުފާ އަށްވެސް ގޮވާލި އެވެ. 

 

ތިނަދޫގައި ބޭއްވި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ހުވަދު އަތޮޅު މިވަނީ ރައީސ ޔާމީނާ ދެކޮޅަށް ތެދުވެފައި ކަމަށާއި މިސަަރުކާރު ހަމަމަގަށް އަޅުވާފައި ނޫނީ ހުވަދު އަތޮޅުން ހުއްޓާ ނުލާނެ ކަމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައީސް ޔާމީންގެ ތާއީދު ނެތްކަން ވަރަށް ސާފުކޮށް ތިނަދޫން ވާނީ ބުނެދީފައި ކަމަށާއި ރާއްޖޭގެ ޤާނޫން އަސާސީއާ ޤާނޫންތަކަށް ބޯ ނުލަނބާނަމަ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވާހަކަ ދެއްކެވި އެހެން ބޭފުޅުންވެސް ވަނީ ހުވަދު އަތޮޅު މިސަރުކާރާއި  ރައީސް ޔާމީންއާ ދެކޮޅަށް ތެދުވެފައި ކަމަށާއި ހަވަރު މިވަނީ އެއްވެފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހުވަދު އޮތޮޅުގެ ދަރިންގެ ގޮތުގައި ތިބި މެންބަރުން ތަކެއް ކަމަށާއި އެމެންބަރުންނަށް ނުހައްޤުން އަނިޔާކުރުން ހުއްޓާލަން ޖެހޭ ކަމަށް މުޒާހަރާގައި ގޮވާލި އެވެ. 

ހުވަދު އަތޮޅުގެ ރަށްތަކުގައި ބޭއްވި މުޒާހަރާތަކުގައި ރައީސް ޔާމީނަށާއި ޕީޕީއެމަށް  ތާއީދުކުރި އިސްފަރާތްތައް ވެސް ބައިވެރިވި އެވެ. އެފަރާތްތަކުން ބުނީ ސަރުކާރުން ކަންކުރާގޮތުން މިސަރުކާރަށް މިހާރު ތާއީދު ނުކުރާ ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް ސަރުކާރާ ދެކޮޅަށް ހިންގޭ ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވާނެ ކަމަށެވެ.

ދާދިއަވަހަށް މުޅި ހުވަދު އަތޮޅުން އެއްތަނެއްގައި މުޒާހަރާ ކުރުމަށް ވިސްނަމުންދާ ކަމަށް ތިނަދީގައި ބޭއްވި މުޒާހަރާގައި އިއުލާނުކުރި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް