Advertisement
ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 00:18
އައިޖީއެމް ހޮސްޕިޓަލް
އައިޖީއެމް ހޮސްޕިޓަލް
އަޒުމޫން އަހުމަދު
މީހަކު ޒަޚަމްވުން
އައިޖީއެމްއެޗްގައި ފަރުވާ ދޭ މީހާއަކީ ހަމަލާ ދީގެން ފަރުވާ ދޭ މީހެއް ނޫން: ޕޮލިސް
ޒަޚަމްވި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން

ހުކުރު ދުވަހުގެރޭ ޒަޚަމްތަކަކާއި އެކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނީ، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުކުރުދުވަހުގެރޭ 23:25 ހާއިރު، ޒަޚަމްތަކަކާ އެކު އައިޖީއެމް ހޮސްޕިޓަލަށް މީހަކު ގެންގޮސްފައިވާ ކަމަށާ، އެ މީހާ ޒަޚަމްވެފައިވަނީ އޭނާ ދިރިއުޅެމުންދާ ގެ ހުންނަ ގޯލި ތެރޭގައި ހުރި ބިއްލޫރި މޭޒެއްގެ މައްޗަށް އޭނާ ވެއްޓުމުގެ ސަބަބުން ކަމަށެވެ. 

އައިޖީއެމް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ހުކުރުދުވަހުގެރޭ މީޑިއާގައި ވިދާޅުވީ، ޒަޚަމްތަކަކާ އެކު އެ ހޮސްޕިޓަލަށް ގެންދިޔަ މީހާއަށް އެމަރޖެންސީ ރޫމުގައި ފަރުވާދެމުންދާ ކަމަށާ، އެ ހާދިސާ އާއި ގުޅިގެން އައިޖީއެމްއެޗްގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް