ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 19:21
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތް ކަމުގައިވާ މުހައްމަދު ޔޫސުފާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތް ކަމުގައިވާ މުހައްމަދު ޔޫސުފާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އިސްލާމިކް މިނިސްޓްރީ
ހުޅުމާލެ ފޭސް 2ގައި މިސްކިތް އެޅުން
ހުޅުމާލޭ ފޭސް 2ގައި މިސްކިތް އެޅުމަށް ހަވާލުކޮށްފި
ހުޅުމާލެ ފޭސް 2ގައި ހިލޭ އެހީގެ ދަށުން މިސްކިތެއް ބިނާކުރަނީ މުހައްމަދު ޔޫސުފް

ހުޅުމާލެ ފޭސް 2ގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގެ ދަށުން މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި އަމިއްލަ ފަރާތަކުން މިސްކިތެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތް ކަމުގައިވާ މުހައްމަދު ޔޫސުފާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ ހުޅުމާލޭ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި، މިސްކިތެއް ބިނާކުރުމަށްޓަކައި، މުހައްމަދު ޔޫސުފްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ މުހައްމަދު ޔޫސުފްގެ އަމިއްލަ ޚަރަދުގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަމިއްލަ ފަރާތްތަކާއެކު މިސްކިތް އެޅުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވެމުން އަންނަކަމަށެވެ. އަދި އުންމީދުކުރައްވަނީ ކުރިޔަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި މި މިސްކިތްތައް އެއްކޮށް އަޅައި ނިމޭނެކަމަށް ކަމަށެވެ.

- ކޮމެންޓް