ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 17:24
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އީ-ވޮލެޓުގެ ޚިދުމަތް
އީ-ވޮލެޓުގެ ޚިދުމަތް މެއި މަހުގެ ތެރޭގައި ތައާރަފް ކުރާނަން: ރައީސް މުއިއްޒު
އެކަމުގެ މަސައްކަތްތައް ކުރިއަށްދޭ
އީ ވޮލެޓަކީ ވިޔަފާރީގެ ތެރޭ އުޅޭ ގިނަ މީހުން ބޭނުންވާ ޚިދުމަތެއް

އީ-ވޮލެޓުގެ ޚިދުމަތް މެއި މަހުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އީ-ވޮލެޓުގެ ޚިދުމަތް ތައާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް އެދި ދެންނެވި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް ހިނގާ ކަމަށެވެ. އަދި އެންމެ ލަސްވެގެން މެއި މަހުގެ ތެރޭގައި އީ-ވޮލެޓްގެ ޚިދުމަތް ތައާރަފް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެކަމަށް މަސައްކަތްތައް ވަރަށް ބާރަށް އެބަ ހިނގާ. ދެން އަޅުގަނޑުމެން މި އުންމީދު ކުރަނީ މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ޚިދުމަތް ތައާރަފް ވެގެންދާނެ ކަމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އީ ވޮލެޓަކީ ވިޔަފާރީގެ ތެރޭ އުޅޭ ގިނަ މީހުން ބޭނުންވާ ޚިދުމަތެކެވެ.

ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލައި، ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް އާއި އީ-ވޮލެޓް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް މިސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. އަދި  ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދަން އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ކުރުމަށް ތައްޔާރުވެފައިވާ ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.

ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

- ކޮމެންޓް