Advertisement
ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 13:21
ކުރިގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ކުރިގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ
ގޯއްޗާއި ފްލެޓް ނުދޭންވީ ސަބަބެއް ނެތް، ނުދީ ހިފެހެއްޓުން އެއީ ޤާނޫނީ ކުށެއް - ރައީސް ސާލިހު
ފްލެޓް މައްސަލަ ބެލުމަށް މިހާރު މި ސަރުކާރުން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައި
ނިމިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލި

ނިމިދިޔަ ސަރުކާރުން ދޫކުރަން ނިންމި ގޯތިތަކާއި ފްލެޓްތައް ހަވާލުނުކުރަންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށާއި ނުދީ ހިފަހައްޓާ ހިފެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސެއިން ބުދަ ދުވަހުގެރޭ ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ރައީސް ސާލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން ކޮވިޑްގެ ދަތިހާލަތާއެކު ވެސް އެކަމަށް ހައްލެއް ހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ގިރާވަރުފަޅާއި ގުޅިފަޅު އަދި ހުޅުމާލެ ފޭސް 3 ހިއްކަން ފެށީ އެގޮތުގެ މަތިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، އިންސާފުވެރިކަމާ އެކީގައި މާލެއިން ގޯއްޗާއި ފްލެޓް ލިބޭނެ ރައްޔިތުން ކަނޑައަޅުއްވާފައިވާނެ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން ގުޅީފަޅުންނާއި ގިރާވަރު ފަޅުގެ އިތުރުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ދޭ މީހުން ކަނޑައެޅުމުގައި ނިންމަން ޖެހުނީ އުނދަނގޫ ނިންމުންތަކެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަވެސް ނިންމެވީ މާލޭގައި ދިިރިއުޅޭ މީހުންނަށް ގޯތި ދިނުމަށް ކަމަށް ވީ ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އެ ހުރިހާ ކަމެއް މަޑުޖައްސާލާފައިވާކަން ރައީސް ސާލިހު ފާހަގަކުރެއްވުއެވެ. ރައީސް ސާލިހު ވަނީ ފްލެޓާއި ގޯތިތައް ނުދީ ހިފަހައްޓާފައިވާ ވުން އެއީ ނުރަނގަޅުކޮށް ހިނގާ ކަމެއް ކަަމަށް ފާހަގަކުރައްވާ އެކަން ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

އެކަން ހައްލުކުރަން އަޅުގަނޑުމެން މިއުޅެނީ. އިރާދަކުރެއްވިއްޔާ މަޖިލިސްތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި އެކަން ހައްލުކޮށްދީ މާލޭގެ ރައްޔިތުންނަށް އެ ހަވާލުކޮށްދޭނަން. ހިފަހައްޓައިގެންނެއް ނުހުރެވޭނެ. ބޭނުން ގޮތަކަށް އެ ލިސްޓެއް ބަދަލެއް ނުކުރެވޭނެ. އެ ޖާގައެއް ނުދޭނަން
ކުރީގެ ރައިސް އިބްރާހީމް މުހައްމަދު ސާލިހު

ނިމިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލިއެވެ. އޭގެ ތެރެއިން ފްލެޓް ލިބުނު 12،000 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ދޭން ނިންމި 4000 މީހުންނަށް ވެސް ފްލެޓް ލިބޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެކަމާއި ގުޅޭ މައްސަލަ އެއް އޭސީސީން ބެލުމަށް ފަހު މިހާތަނަށް އޭސީސީ އާއި ހައުސިން މިނިސްޓްރީން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުން ފްލެޓް ލިބޭނެ ކަމަށް ބެލެވެނީ 800އެއްހާ މީހުންނަށެވެ. އެކަން ބެލުމަށް މިހާރު މި ސަރުކާރުން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް