Advertisement
ކ. މާލެ
|
4 އޯގަސްޓް 2017 | ހުކުރު 23:39
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހިނގާލުން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހިނގާލުން
ރާއްޖެ އެމްވީ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހިނގާލުމަށް ފުލުހުން ހުރަސްއަޅައިފި
ހިނގާލުމުގެ ބައިވެރިނަން ހުރަސް އަޅާފައި ވަނީ މަޖީދީ މަގު އަތަމާ ޕެލަސް ކުރިމަތިން
ހިނގާލުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ދެ މީހުން ވަނީ ދޫކޮށްލާފަ
ހިނގާލުގެ ބައިވެރިން ވަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލާފަ

"މިނިވަންކަން" ހޯދުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ހިނގާލުމަށް ފުލުހުން ހުރަސްއަޅައިފިއެވެ.

 

ހުކުރު ދުވަހުގެރޭ 9:30 ކަންހާއިރު މި ހިނގާލުން ފަށާފައި ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒު ކުރިމަތިންނެވެ. ހިނގާލުމުގެ ބައިވެރިން އަޑުގަދަ ކުރާ ބޭނުންކޮށްގެން ޝުއޫރު ފާޅުކުރަމުން މަޖީދީ މަގުން ކުރިއަށް ދިޔައެވެ. މަޖީދީ މަގު އަތަމާ ޕެލަސްއާ ހަމައިން އެސްއޯ ފުލުހުން ގޮސް ހިނގާލުމުގެ ބައިވެރިން ފަހަތަށް ޖެއްސިއެވެ.

 

އެސްއޯ ފުލުހުން ހުރަސް އެޅުމާ އެކު، ހިނގާލުމުގެ ބައިވެރިން އަނެންކާ ވެސް ޖަމާވީ މ. ކުނޫޒު ކުރިމައްޗަށެވެ. އެސަރަހައްދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުން މަޑުކޮށްލައިގެން ތިއްބައި، އެސްއޯ ފުލުހުން އަނެންކާ ވެސް ގޮސް އެސަރަހައްދުން މީހުން ދިއުމަށް ތަކުރާރުކޮށް އަންގައި ފަހަތަށް ޖެއްސިއެވެ.

 

ހުކުރު ދުވަހުގެ ރޭގެ ހިނގާލުމުގެ ތެރެއިން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލާފައެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހިނގާލުމެއް ބާއްވާފައިވާއިރު، ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އާއި، އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލާއި ވަނީ މުޒާހަރާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް