ކ. މާލެ
|
20 މާރޗް 2024 | ބުދަ 17:37
ފުލުހުން
ފުލުހުން
ޕޮލިސް
ފުލުހުންގެ މުސާރަ
ފުލުހުންގެ މުސާރަ 35 އިންސައްތަ މިމަހުން ފެށިގެން ބޮޑުކޮށްފި
 
މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު

މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުވާނެ ކަމަށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުސާރައަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއްކަމަށެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރުކަމަށް ޝިފާން ވިދާޅުވިއެވެ. މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިންދެމުން އައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުންގެ ތެރެއިން މިހާރު އެންމެ މަދުން މުސާރަ ލިބެނީ ކޮންސްޓަބަލުންނެވެ. އެ ރޭންކުގެ ފުލުހަކަށް މިހާރު 11،810ރ. އެވެ. އެކަމަކު، އަލަށް ގެންނަ ބަދަލުން މަދުވެގެން މަހަކު 15،500ރ. ލިބޭނެއެވެ.

އެލަވަންސްތަކާއެކު ކޮންމެ މަހަކު ވެސް މަދުވެގެން 17،000ރ. ލިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ. ޕެޓްރޯލްމަނުންނަށް އިތުރު 1،000ރ. އަދި ދަންފަޅި ޑިއުޓީ އަދާކުރާނަމަ އިތުރު 750ރ. ލިބެއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. އެއާ އެއްގޮތަށް ސިފައިންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ބޮޑުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން